ސިންގަޕޯ އެއާރލައިނުން ރާއްޖެއަށް އޮޕަރޭޓް ކުރަންފެށި އޭ 350 މަރުކާގެ ފުރަތަމަ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއާރޕޯޓުގައި ޖައްސާފައި ވަނީ ރާއްޖެ ގަޑިން ރޭ 22:10 ހާއިރުއެވެ. އެއާރބަސް އޭ 350 މިބޯޓުތަކުގައި 303 ފަސިންޖަރުނަށް ދަތުރުކުރެވޭ އިރު ސިންގަޕޫރާއި މާލެއާ ދެމެދު މި މަރުކާގެ ބޯޓުތަކުގެ ދަތުރުތައް ބޭއްވުމަށް ހަމަޖައްސާފައި ވަނީ ކޮންމެ ހަފުތާއެއްގެ އާދީއްތަ، ބުރާސްފަތި އަދި ހޮނިހިރު ދުވަހު ކަމަށް އެ އެއާރލައިނުން ހާމަކުރެއެވެ. ސިންގަޕޯ އެއާރލައިނުން ކޮންމެ ދުވަހަކު 2 ދަތުރު މާލެއަށް ކުރަމުން އަންނަ އިރު މި އެއާރލައިނުން ރާއްޖެއަށް އެއާރބަސް އޭ 350 މަރުކާގެ ބޯޓުތައް އޮޕަރޭޓް ކުރަން ފަށާފައި މި ވަނީ ފަތުރުވެރިކަމުގެ ޕީކް ސީޒަނާ ދިމާކޮށެވެ. ސިންގަޕޫރާ މާލެއާ ދެމެދު ސީދާ ދަތުރުތައް މި ވަގުތު ބާއްވަމުން އަންނަނީ ސިންގަޕޫރުގެ ޤައުމީ އެއާރލައިނާއި ސައުދީ އަރަބިއްޔާގެ ޤައުމީ އެއާރލައިނުންނެވެ.
ސިންގަޕޯ އެއާރލައިންސްގެ އެންމެ ބޮޑެތި ބޯޓުތައް ރާއްޖެއަށް ދަތުރުކުރަން ފަށައިފި

ސިންގަޕޯ އެއާރލައިންސްގެ އެންމެ ބޮޑެތި ބޯޓުތައް ރާއްޖެއަށް ދަތުރުކުރަން ފަށައިފި
ލިޔުން:
ދުނިޔޭގެ އެންމެ ވަރުގަދަ އެއް އެއާރލައިން ކަމަށްވާ ސިންގަޕޯ އެއާރލައިންގެ އެއާރބަސް އޭ 350 މަރުކާގެ ބޮޑެތި މަތިންދާ ބޯޓުތަކުގެ ދަތުރުތައް ރާއްޖެއަށް އޮޕަރޭޓް ކުރަން ފަށައިފިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
