އިންވެސްޓަރުން އެންމެ ބޮޑަށް އިންވެސްޓްކުރަން ބޭނުންވާ ޤައުމަށް ދިވެހިރާއްޖެ ވެއްޖެކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ.ޢަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ، މިއަހަރުގެ މޯލްޑިވްސް އެކައުންޓެންޓްސް ފޯރަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ޖީޑީޕީގެ %46 ހިއްސާކުރަނީ ފަތުރުވެރިކަންކަމަށެވެ. 1980 ވަނަ އަހަރު ޖީޑީޕީ ޕަރ ކެޕިޓަރއަކީ 275 ޑޮލަރުކަމަށާއި، ނަމަވެސް 2019 ވަނަ އަހަރު މި އަދަދު 10،540 ޑޮލަރަށް އަރާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިކަމުގައި ފަތުރުވެރިކަމުގެ ސިނާއަތް ބޮޑު ދައުރެއް އަދާކުރާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. "އަހަރެމެން ވިސްނަންވީ ޤައުމަށް ފައިދާ ކުރާނެ ފަދަ ގޮތަކަށް. ބައެއް ފަހަރު އެއީ އެންމެ މަޤްބޫލު ކަމަށް ނުވެދާނެ. ބޭނުންވަނީ ރާއްޖޭގެ ވިޔަފާރިތައް ރާއްޖޭގެ ކުންފުނިތަކުން އޮޕަރޭޓްކުރަން. އެހެންނަމަވެސް ރާއްޖެއިން ބޭރުގެ ކުންފުނިތަކުން ރާއްޖެ އައިސް އިންވެސްޓްކުރުމަށް ބާރުއަޅަންޖެހޭ. ފަތުރުވެރިކަމުގެ ސިނާއަތުގެ ޤާނޫނުތަކާއި ޤަވައިދުތައް އިންވެސްޓަރުންނަށް ފަހިވާނެގޮތައް ބައްޓަންކޮށްދިނުމަށް މަޖިލީހުން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްދެއްވާފައި." މިނިސްޓަރ މައުސޫމް ވިދާޅުވިއެވެ.
އިންވެސްޓަރުން އެންމެ ބޮޑަށް އިންވެސްޓްކުރަން ބޭނުންވާ އެއް ޤައުމަކީ ރާއްޖެ: މައުސޫމް

އިންވެސްޓަރުން އެންމެ ބޮޑަށް އިންވެސްޓްކުރަން ބޭނުންވާ އެއް ޤައުމަކީ ރާއްޖެ: މައުސޫމް
ލިޔުން:
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
