މާލެ: 31°C

ހޮރައިޒަންއިން މަސް ގަންނަ އަގު ދަށްކޮށް، މަސް ގަތުން ކޮންޓްރޯލްކޮއްފި

September 21, 2022
97 ފަހަރު ބަލާފައި
ހޮރައިޒަންއިން މަސް ގަންނަ އަގު ދަށްކޮށް، މަސް ގަތުން ކޮންޓްރޯލްކޮއްފި
ހޮރައިޒަންއިން މަސް ގަންނަ އަގު ދަށްކޮށް، މަސް ގަތުން ކޮންޓްރޯލްކޮއްފި
މަހުގެ އަގު ދަށް ކުރުމާއެކު މަސް ކިރާ މިންވަރު ހޮރައިޒަން އިން ކޮންޓްރޯލް ކޮއްފި ހޮރައިޒަން ފިޝަރީޒް އާއްމު ކުރި އިއުލާނެއްގައި ބުނީ، އެކުންފުނިން މަސް ކިރުން ކޮންޓްރޯލް ކުރަން ނިންމީ، މި ދުވަސްކޮޅު މަސްވެރިކަން ވަރަށް ބޮޑަށް ރަނގަޅުވުމާ ގުޅިގެން، ގިނަ ދޯނިފަހަރަށް މަސްކިރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން ކަމަށެވެ. މިގޮތުން މާދަމާއިން ފެށިގެން އެކުންފުންޏަށް މަސް ގަންނާނީ ދޯންޏަކުން 12 ޓަކުގެ މަހެވެ. މަސް ގަންނަ ވަރު ކޮންޓްރޯލް ކުރުމާއެކު އެކުންފުނިން މަސް ގަންނަ އަގުވެސް ވަނީ ވައްޓާލާފައެވެ. މިގޮތުން މާދަމާއިން ފެށިގެން އެ ކުންފުނިން، 1.5 ކިލޯއިން މަތީގެ ފިނިކުރި މަސް ގަންނާނީ، ކިލޯއެއް 15.50 ރުފިޔާގެ ރޭޓުންނެވެ. އަދި 1.5 ކިލޯއިން ދަށުގެ ފިނިކުރި މަސް 7.50 ރުފިޔާއަށް ގަންނަން ނިންމާފައި ވާއިރު، 1.5 ކިލޯއިން މަތީގެ ފިނިނުކުރާ މަސް ގަންނާނީ 13.50 ރުފިޔާއަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ ފިނިނުކުރާ މަސް ގަންނާނީ 5.50 ރުފިޔާއަށެވެ. މީގެކުރިން މާންދޫއިން 1.5 ކިލޯއިން މަތީގެ ފިނިކުރި މަސް ގަނެފައިވަނީ ކިލޯއެއް 17 ރުފިޔާގެ ރޭޓުންނެވެ. އަދި 1.5 ކިލޯއިން ދަށުގެ ފިނިކުރި މަސް 9 ރުފިޔާއަށް ގަތް އިރު 1.5 ކިލޯއިން މަތީގެ ފިނިނުކުރާ މަސް ގަންނަނީ 15 ރުފިޔާއަށެވެ. މީގެ އިތުރުން 1.5 ކިލޯއިން ދަށުގެ ފިނިނުކުރާ މަސް ގަންނަނީ 6 ރުފިޔާއަށެވެ. މިދުވަސްވަރު މަސްވެރިކަން ރަނގަޅުވެ މަސް ކިރުމުވަށް ވަނީ ބޮޑެތި ދަތިތައް ކުރިމަތިވެފައެވެ. މިގޮތުން އައިސް ނުލިބި މަސްނުކުރި މަސްވެރިން ވަރަށް ހާލުގައި އުޅެމުންދާކަން ފާހަގަކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ