
ބަހަށް އުނދަގޫވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުރާ އުޅަނދުތައް ޓޯވ ކުރާނަން: ފުލުހުން
ބަހަށް އުނދަގޫވާގޮތަށް ޤަވާއިދާ ޚިލާފަށް ޕާކުރާ އުޅަނދުތައް ޓޯވ ކުރާނަން: ފުލުހުން
ލިޔުން:
މިނީ ބަހުގެ ޚިދުމަތްދެމުންދާ މަގުތަކުގައި ގަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކާއިމެދު ފިޔަވަޅު އަޅާނެކަމަށް ފުލުހުން ބުނެފިއެވެ.
މާލޭގެ ބޮޑެތި މަގުތަކުގައި މިނީ ބަހުގެ ޚިދުމަތް އިއްޔެ ރަސްމީކޮށް ފަށާފައިވާއިރު ޤަވާއިދާ ޚިލާފަށް ޕާކުކުރާ އުޅަނދުތަކުގެ ސަބަބުން ބަސް ދުއްވުމަށް ދަނީ ދަތިތައް ކުރިމަތި ވަމުންނެވެ. އަދި މިކަމުގެ ސަބަބުން ޓްރެފިކް މައްސަލަ ކުރިމަތިވެ މަގުމަތި ބާރު ބޮޑުވަމުންދާ ކަމަށް ބަސް ޑްރައިވަރުން ދަނީ ބުނަމުންނެވެ.
ފުލުހުން އާންމު ކުރި މެސެޖެއްގައި ބުނީ ބަހުގެ ޚިދުމަތް ފެށުމުގެ ކުރިންވެސް ފުލުހުންނަށް ފާހަގަވެފައި އޮތްގޮތަށް މިވޭތުވެދިޔަ 24 ގަޑިއިރުގެ ތެރޭގައިވެސް އެންމެ ބޮޑަށް ފާހަގަވީ ޕާކުކުރުން މަނާ މަގުތަކުގައި ޕާކުކުރަމުންދާ މައްސަލަކަމަށެވެ. މީގެއިތުރުން އެއްވެސް ރައްކާތެރިކަމެއްނެތި ބައެއް އުޅަނދުތައް ބަހުގެ ކުރިމަތިން އޯވަރ ޓޭކް ކުރަމުންދާ މައްސަލަވެސް ފާހަގަވެފައިވާކަމަށް ފުލުުހުން ވަނީ ބުނެފައެވެ.
ފުލުހުން ބުނީ ޕާކްކުރުން މަނާކޮށްފައިވާ މަގުތަކުގައި ޕާކް ކުރާ މީހުންނާއިމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް ފަށާފައިވާކަމަށެވެ. އެގޮތުން ބަހަށް އުނދަގޫވާގޮތަށް ޕާކުކުރުމާއި، މަނާ ސަރަޙައްދުތަކުގައި ޕާކުކޮށްފައި ހުންނަ އުޅަނދުތަކުގައި ވައިލޭޝަން ސްޓިކަރ ޖަހުމުގެ އިތުރުން އުޅަނދުތައް ޓޯކުރަންޖެހޭ ހާލަތުގައި ޓޯވެސް ކުރާނެކަމަށް ފުލުހުން ވިދާޅުވެއެވެ.
ޢާއްމު ދަތުރުފަތުރުގެ ނިޒާމެއް މާލޭގައި ޤާއިމުކުރުމަށްޓަކައި މާލޭގެ މަގުތަކާއި އެކަށީގެންވާ ބަސްތައް ގެނެސް، އެ ހިދުމަތް ދެމުންދަނީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ އެމްޓީސީސީނެވެ.
ޚިދުމަތް ފަށާފައިވާއިރު، ބަހުގެ ރޫޓުގައި ހިމެނޭ މަޖީދީމަގާއި އަމީނީ މަގުގައި ޕާކުކުރުން ހުއްޓުވާ އެސަރަޙައްދުތަކުގައި ޕާކުކުރެވޭނެ ޖާގަތައް ވަނީ ހަދާފައެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްއެމްއޭއަށް އެއްވެސްވަރަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ މައުލޫމާތު އާންމުކޮށްފި

ޑޮލަރު އަގުބޮޑުވާހަކަ ދިވެހިން ދައްކާނެ، އެކަމެއް ނުހުއްޓުވޭނެ، މީ ނޯތު ކޮރެއާއެއް ނޫން: ފައްޔާޒު

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
