އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީގެ ރާއްޖޭގެ ބްރާންޗް އިފްތިތާޙްކޮށްފި

އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީގެ ރާއްޖޭގެ ބްރާންޗް އިފްތިތާޙްކޮށްފި
ލިޔުން:
އެސޯސިއޭޝަން އޮފް ބިޒްނަސް ވިމެން އިން ކޮމާސް އެންޑް އިންޑަސްޓްރީ (އޭ.ބީ.ޑަބްލިއު،.ސީ.އައި)ގެ ރާއްޖޭގެ ބްރާންޗް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ރަސްމީގޮތުން އިފްތިތާޙް ކޮށްދެއްވައިފިއެވެ.
އޭ.ބީ.ޑަބްލިއު.ސީ.އައި އަކީ ވިޔަފާރީގައި ހަރަކާތްތެރިވާ އަންހެނުން އިޤްތިޞާދީ ގޮތުން ބާރުވެރިކުރުވުމުގެ ގޮތުން މަސައްކަތްކުރާ ގުޅިލާމެހިފައިވާ ޕްލެޓްފޯމެކެވެ. އޭ.ބީ.ޑަބްލިއު.ސީ.އައިގެ ރާއްޖޭގެ ގޮފި އިފްތިތާޙްކުރުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތު ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ސޯޝަލް ސެންޓަރުގައެވެ.
އޭ.ބީ.ޑަބްލިއު.ސީ.އައި އަކީ ބައިނަލްއަޤްވާމީގޮތުން އަންހެނުންގެ ޗެމްބަރ އޮފް ކޮމާސްގެ ގޮތުގައި ވަރޗުއަލްކޮށް ހަރަކާތްތެރިވާ ޕްލެޓްފޯމެކެވެ. އޭ.ބީ.ޑަބްލިއު.ސީ.އައިގެ މެންބަރުންގެ ތެރޭގައި އެންމެ ފާހަގަކޮށްލެވޭ އަންހެން ވިޔަފާރިވެރިންނާއި، އަންހެނުންގެ ޖަމްޢިއްޔާ ޖަމާޢަތްތަކާއި، ތަޢުލީމީ މުއައްސަސާތަކާއި، އަންހެނުންނަށް ޚާއްޞަކޮށްގެން އިންވެސްޓްކުރާ ކުންފުނިތަކުގެ މެންބަރުން ވެސް ހިމެނެއެވެ.
އޭބީޑަބްލިއުސީއައިގެ މަގުޞަދަކީ ކުރިމަގުގައި އަންހެނުން ވިޔަފާރީގެ ދާއިރާއިން ކުރިޔަށްދިއުމުގައި ބޭނުންވާނެ ކަންކަން ދެނެގަތުމާއި، ވިޔަފާރިވެރި އަންހެނުންނަށް ކުރިމަތިވާ ގޮންޖެހުންތަކަށް އިޖާބަދީ، ދުނިޔޭގެ އިޤްތިޞާދުގައި، ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ އަންހެނުންނަށް އެހީތެރިވެދީ، އެމީހުންނަށް ހުރި ފުރުޞަތުތަކުގެ ބޭނުން ހިފުމަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ.
މި ރަސްމިއްޔާތަށްފަހު ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ސޯސަލް ސެންޓަރުގައި ކުރިޔަށްދިޔަ އަތްތެރި މަސައްކަތްތެރިކަމުގެ މަޢުރަޒުގެ ބައެއް މަސައްކަތްތައް ބައްލަވާލައްވާފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
