އަޅުގަނޑު ވާހަކަ ދެއްކީ ޗައިނާގެ ޗެއާމަން ޝީ ޖިންޕިންއާ. މި ގޮވާލުމަކީ ޗައިނާއަށާއި އެމެރިކާއަށްވެސް ވަރަށް ރަނގަޅު ކޯލަކަށްވީ، އަޅުގަނޑުގެ އުންމީދަކީ، ވަރަށް ގިނަ މައްސަލަތައް އަޅުގަނޑުމެން އެކީގައި ޙައްލުކޮށް، ވަގުތުން ފެށޭނެ ކަމަށް. ބެލެންސިން ޓްރޭޑް، ފެންޓަނިލް، ޓިކްޓޮކް އަދި އެނޫންވެސް އެތައް މައުޟޫއަކާ ބެހޭގޮތުން މަޝްވަރާކުރީމު. ދުނިޔެ އިތުރަށް އަމާންކޮށް އަމާން ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ރައީސް ޝީ އާއި އަޅުގަނޑު ކުރާނަން،" ޓްރަމްޕް އެމަނިކްފާނުގެ ސޯޝަލް މީޑިއާ އެލް "ޓްރޫ" ގައި ޕޯސްޓްކުރައްވާފައިވެއެވެ.ޓިކްޓޮކަށް އާންމުކުރި ވީޑިއޯއެއްގައި އޭނާ ވިދާޅުވެފައިވަނީ އެމެރިކާގައި ޓިކްޓޮކް ލިބެން ހުންނާނެ ހައްލެއް ހޯދުމަށް ރައީސް ޓްރަމްޕް އަޅުގަނޑުމެންނާ އެކު މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވި ކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ.
މާދަމާއިން ފެށިގެން އެމެރިކާއަށް ޓިކްޓޮކް ބަންދުކުރަން ނިންމައިފި

މާދަމާއިން ފެށިގެން އެމެރިކާއަށް ޓިކްޓޮކް ބަންދުކުރަން ނިންމައިފި
ލިޔުން:
އެމެރިކާގެ ރައީސް ބައިޑަން ގެ ސަރުކާރުން ނުފޫޒު ނުފޯރުވައިފިނަމަ އާދީއްތަ ދުވަހުން ފެށިގެން ޓިކްޓޮކް ބަންދުކުރާނެ ކަމަށް ޓިކްޓޮކް އިން ބުނެފިއެވެ.
ޓިކްޓޮކް އިން މިކަން ހާމަކޮށްފައި މިވަނީ ހުކުރު ދުވަހުގެ ހެނދުނު އެމެރިކާގެ ސްޕްރީމް ކޯޓުގެ އިއްތިފާގުން ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލައެއް ހިމެނޭ ކަމެއް އެކުލެވޭ ނަމަ ޓިކްޓޮކް މަނާކުރެވިދާނެކަމަށް ތާއީދުކޮށްފައި ވަނިކޮށެވެ. މީގެ ކުރިން އެމެރިކާ ސަރުކާރުން ވަނީ ޓިކްޓޮކްގެ ބެލެނިވެރި ކުންފުނި ބައިޓްޑާންސް އިން އެ އެޕްލިކޭޝަންގެ ހިއްސާ ވިއްކާލަން ނުވަތަ އެމެރިކާގައި އެ އެޕް މަނާކުރުމާ ކުރިމަތިލާން ޖެހިދާނެ ކަމަށް އަންގާފައެވެ.
ބައިޑަން ސަރުކާރުގެ އެ އެންގުމާ ގުޅިގެން ޓިކްޓޮކް އިން އެމެރިކާގެ ސްޕްރީީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލާގައި ހުކުމް ކޮށްފައިމިވަނީ، ބައިޑަންގެ ސަރުކާރުން މިދިޔަ ބުރާސްފަތި ދުވަހު އެ ފިޔަވަޅު ތަންފީޒުކުރުން ކުރިއަށް އޮތް ރިޔާސީ ސަރުކާރާ ހަމައަށް ދޫކޮށްލާނެ ކަމުގެ އިޝާރާތެއް ދީފައި ވަނިކޮށެވެ. އަންނަ ހޯމަ ދުވަހު (ޖެނުއަރީ 20) ހުވާ ކުރައްވާ އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް މީގެ ކުރިންވަނީ އެޕް މަނާކުރުން ފަސްކުރާނެކަމަށް ބުނެފައެވެ. އަދި އިއްޔެ ޓްރަމްޕް ވަނީ ޗައިނާގެ ރައީސް އާއި ފޯނުން ގުޅުއްވައި ދެއްކެވި ވާހަކަފުޅުގައި އެ މައްސަލަ މުރާޖައާ ކުރައްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
