މާލެ: 31°C

ލަންކާ ރައީސްގެ ޗައިނާ ދަތުރުފުޅުން 3.7 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް

January 16, 2025
114 ފަހަރު ބަލާފައި
ލަންކާ ރައީސްގެ ޗައިނާ ދަތުރުފުޅުން 3.7 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް
ލަންކާ ރައީސްގެ ޗައިނާ ދަތުރުފުޅުން 3.7 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް
ލަންކާ ރައީސްގެ ޗައިނާ ދަތުރުފުޅުން ލަންކާއަށް 3.7 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމެންޓެއް ލަންކާގައިކުރުމަށް ޗައިނާއިން ނިންމައިފިއެވެ. ސްރީލަންކާގެ އާ ރައީސް އަނޫރާ ކުމާރާ ޑިސަނަޔަކާ މިހާރު ޗާއިނާއަށް ކުރައްވަމުންގެންދަވާ ފުރަތަމަ ރަސްމީ ދަތުރުގައި ސްރީލަންކާގައި 3.7 ބިލިއަން ޑޮލަރުގެ ބިޔަ ބޮޑު އިންވެސްޓްމަންޓެއް ކުރުމުގެ އެއްބަސްވުމެއްގައި ދެގުއުމުން ސޮއިކޮށްފިއެވެ. މި އެއްބަސްވުމަކީ ޗައިނާގެ އިންޓަނޭޝަނަލް ޕެޓްރޯލިއަމް ކޯޕަރޭޝަނެއްކަމަށްވާ ސިނޮޕެކް ކުންފުނިން ސްރީލަންކާގެ ހަމްބަންޓޯޓާގައި 200،000 ފިފާގެ ތެޔޮ ރިފައިނަރީ ހެދުމަށް ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓެއްގެ ދަށުން ސްރީލަންކާގައި އިންވެސްޓްކުރުމަށް ދެގައުމުން ވެފައިވާ އެއްބަސްވުމެކެވެ. ސްރީލަންކާގެ ނޫސްތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މިއީ މިއަދާ ހަމައަށް ސްރީލަންކާއަށް ލިބިފައިވާ އެންމެ ބޮޑު ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓެވެ. ސްރީލަންކާގެ އިގްތިސާދީ ކަންކަން ދިރާސާކުރާ ފަރާތްތަކުން ބުނާ ގޮތުގައި މި އިންވެސްޓްމަންޓްގެ ދަށުން އުފައްދާ ތެލުގެ ބޮޑު ޕަސެންޓަކީ އެކްސްޕޯޓަށް ތައްޔާރުކުރެވޭ ތެޔޮކަމުން ސްރީލަންކާއަށް ވަންނަ ބޭރު ފައިސާގެ އާމްދަނީ ބޮޑުތަނުން އިތުރުވެގެންދާނެއެވެ. އަދި މިކަމުގެ ސަބަބުން އަޑިއަޅާލާފައިވާ ސްރީލަންކާގެ އިގްތިސާދު ކުރިއަރައި ހަމްބަންޓޯޓާ ސަރަހައްދުގައި ދިރިއުޅޭ މީހުންނާއި އަދި މުޅި ސްރީލަންކާއަށް ދުރުނޫން މުސްތަޤުބަލުގައި މިކަމުގެ ބޮޑެތި ފައިދާތަކެއް ކުރާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ