މާލެ: 31°C

ބަދަލުތަކާއެކު ސަތޭކައިގެ ނޫޓު ޗާޕުކޮށް މިމަހު 19ގައި ނެރެނީ

January 14, 2025
128 ފަހަރު ބަލާފައި
ބަދަލުތަކާއެކު ސަތޭކައިގެ ނޫޓު ޗާޕުކޮށް މިމަހު 19ގައި ނެރެނީ
ބަދަލުތަކާއެކު ސަތޭކައިގެ ނޫޓު ޗާޕުކޮށް މިމަހު 19ގައި ނެރެނީ

ސްޓޮކް މަދުވުމުގެ ސަބަބުން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން އަލަށް ޗާޕުކޮށްގެން ގެނައި 100 ރުފިޔާގެ އައު ނޫޓު މިމަހުގެ 19 ވަނަ ދުވަހު ނެރޭނެ ކަމަށް އެ އޮތޯރިޓީން ހާމަކުރައްވައިފިއެވެ.

އެމްއެމްއޭއިން ވިދާޅުވީ، އަލަށް ނެރޭ ނޫޓުތައް ޗާޕުކޮށްފައިވަނީ 7 ޖުލައި 2024 ކަމަށާއި މިނޫޓުތައް ޗާޕުކޮށްގެން އެމްއެމްއޭއަށް ގެނެސްފައިވަނީ 15 ޑިސެމްބަރ 2024 ގައި ކަމަށެވެ.

މި ނޫޓުގައި ސޮއިކުރައްވާފައިވަނީ، ކުރީގެ ގަވަރުނަރު އަލީ ހާޝިމެވެ. އަލަށް ނެރޭ މިނޫޓުތަކުގެ ދެފަރާތުގައިވަނީ ދިވެހި ރުފިޔާގެ ނިޝާން ހިމަނާފައެވެ.

އެމްއެމްއޭއިން ވިދާޅުވީ، އަލަށް ނެރޭ ނޫޓާއެކު މިހާރު ބޭނުން ކުރަމުންދާ 100 ރުފިޔާގެ ނޫޓުވެސް ދައުރު ވަމުންދާނެ ކަމަށެވެ.

"ރަންދިހަ ފަހެއް"ގެ ނަމުގައި އައު ނޫޓު ސީރީޒް ބޭނުން ކުރަން ފަށާފައިވަނީ 2016 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ