ޖަޕާނުގެ މަސްމާރުކޭޓެއްގައި 1.3 މިލިއަން ޑޮލަރަށް ކަންނެއްޔެއް ވިކިއްޖެ

ޖަޕާނުގެ މަސްމާރުކޭޓެއްގައި 1.3 މިލިއަން ޑޮލަރަށް ކަންނެއްޔެއް ވިކިއްޖެ
ލިޔުން:
ޓޯކިޔޯގެ މަސް މާރުކޭޓެއްގައި މިއަދު ބޭއްވި ފުރަތަމަ ބީލަމުގައި ނޫ އުރަހަ ކަންނެއްޔެއް 1.3 މިލިއަން ޑޮލަރަށް ވިކިއްޖެއެވެ.
ޖަޕާނުގެ އޮމޯރީގެ އިރުއުތުރު ޕްރިފެކްޗާގައި އޮންނަ އޮމާގެ އައްސޭރިފަށުން ބާނާފައިވާ 276 ކިލޯގެ ނޫ އުރަހަ ކަންނެއްޔަަކީ ޖަޕާނުގެ މާރުކޭޓެއްގައި ދެވަނައަށް އެއްމެ ބޮޑުއަގުގައި ވިކިފައިވާ ކަންނެއްޔެވެ. މި ކަންނެލި 1.3 މިލިއަން ޑޮލަރަށް ގަނެފައިވަނީ އިންޓަމީޑިއޭޓް ހޯލްސޭލަރަކާއި ސުޝީ ގިންޒާ އޮނޮޑޭރާ ޗެއިން އޮފް ރެސްޓޯރެންޓް ހިންގާ ކުންފުންޏެއް ގުޅިގެން ނެވެ.
1999 ވަނަ އަހަރުންފެށިގެން ކަންނެލި ނީލަންކިޔާ އަގުތައް ޖަޕާނުން ބަލަހައްޓަމުން އަންނައިރު ނޫއުރަހަ ކަންނެއްޔެއް އެންމެ ބޮޑު އަގެއްގައި ވިކިފައިވަނީ 2019 ވަނަ އަހަރު އެވެ. އެ އަހަރު ނޫއުރަހަ ކަންނެއްޔެއް 2.12 މިލިއަން ޑޮލަރަށް ވިކިފައެވެ. އޭގެ ފަހުން 2023 ވަނަ އަހަރު 2.28 ލައްކަ ޑޮލަރަށް ނޫއުރަހަ ކަންނެއްޔެއް ވިކިފައިވާއިރު 2024 ވަނަ އަހަރު 7.25 ލައްކަ ޑޮލަރަށް ނޫއުރަހަ ކަންނެއްޔެއް ވިކިފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
