މާލެ: 31°C

ހުއްދަނެތި ޕެކެޓް ކުކިން އޮއިލް ގެންގުޅުނު އަންހެނަކު ޖޫރިމަނާކޮށްފި

December 26, 2024
30 ފަހަރު ބަލާފައި
ހުއްދަނެތި ޕެކެޓް ކުކިން އޮއިލް ގެންގުޅުނު އަންހެނަކު ޖޫރިމަނާކޮށްފި
ހުއްދަނެތި ޕެކެޓް ކުކިން އޮއިލް ގެންގުޅުނު އަންހެނަކު ޖޫރިމަނާކޮށްފި
ހުއްދަ ނެތި ޕެކެޓް ކުކިން އޮއިލް ގެންގުޅުނު ތައިލެންޑުގެ އަންހެނަކު 9،000 ރިންގެޓުން ޖޫރިމަނާކޮށްފިއެވެ. ތައިލެންޑުގެ 49 އަހަރުގެ އަންހެނަކު ލައިސަންސް ނެތި 34 ކިލޯގެ ސަބްސިޑައިޒް ޕެކެޓް ކުކިން އޮއިލް ގެންގުޅުނު ކަމުގެ ކުށުގައި މެލޭޝިއާގެ ސެޝަންސް ކޯޓުން 9،000 ރިންގެޓުން ޖޫރިމަނާކޮށްފި އެވެ. އޭނާގެ މައްޗަށް ދައުވާ އުފުލާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހު 4:30 ހާއިރު މެލޭޝިއާގެ ޖަލަން ކާކީ ބުކިތު ވަންގް ކެލިއަންގައި ހުއްދަނެތި ޕިކަޕެއްގައި 1 ކިލޯގެ ސަބްސިޑައިޒްކޮށްގެން ކައްކާ ތެޔޮ 34 ޕެކެޓް ހިމެނޭ ކޮންޓްރޯލް ކޮށްފައިވާ އެއްޗެހި ގެންގުޅުމުގެ ކުށުގެ ދައުވާ އެވެ. ތައިލެންޑްގެ އެ އަންހެންމީހާ ކުއްވެރިވެފައިވަނީ މެލޭޝިއާގެ ސަޕްލައި ކޮންޓްރޯލް ކުރުމުގެ ގަވާއިދު 1974 ގެ ގަވާއިދުގެ 3 ވަނަ މާއްދާގެ (1) ގައި ލައިސަންސް ނެތި ހޯލްސޭލް ނުވަތަ ރީޓެއިލް މެދުވެރިކޮށް އެއްވެސް ފަރާތަކަށް ޝެޑިއުލް ކޮށްފައިވާ އެއްވެސް އެއްޗެއްގެ މުއާމަލާތް ނުކުރެވޭނެ ކަމަށް ބުނެފައިވާ މާއްދާގެ ދަށުންނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ