މެލޭޝިއާ ގައި ކްރިޕްޓޯ ކަރަންސީ އިންވެސްޓްމަންޓް އެކަޑަމީއަކުން އިންވެސްޓަރުންނަށް ހިޔާނާތްތެރިވި މައަސަލައެއްގައި 11 މީހުން ހައްޔަރުކޮށްފި

މެލޭޝިއާ ގައި ކްރިޕްޓޯ ކަރަންސީ އިންވެސްޓްމަންޓް އެކަޑަމީއަކުން އިންވެސްޓަރުންނަށް ހިޔާނާތްތެރިވި މައަސަލައެއްގައި 11 މީހުން ހައްޔަރުކޮށްފި
ލިޔުން:
މެލޭޝިއާ ގައި ކްރިޕްޓޯ ކަރަންސީ އިންވެސްޓްމަންޓް އެކަޑަމީއަކުން އިންވެސްޓަރުންނަށް ހިޔާނާތްތެރިވި މައަސަލައެއްގައި 11 މީހުން ހައްޔަރުކޮށްފިއެވެ.
ކްރިޕްޓޯ އިންވެސްޓްމަންޓް ސްކީމް (ގިގަމެކްސް) ގައި އިންވެސްޓް ކުރި 7.2 މިލިއަން ރިންގެޓަށް ހިޔާނާތްތެރިވި މައްސަލައެއް މެލޭޝީއާ ގެ ފުލުހުން ތަހުގީގުކޮށް އެ ސްކީމް ހިންގި އިންވެސްޓްމަންޓް އެކަޑަމީގެ މެނޭޖްމަންޓާއި ލެކްޗަރާއިން ހިމެނޭ ގޮތަށް 11 މީހުން ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ 2022 ވަނަ އަހަރުގެ ޖުލައި މަހުން ފެށިގެން އިންވެސްޓްމަންޓް އެކަޑަމީ އެއް އުފައްދައި ކްރިޕްޓޯކަރަންސީ ބްރޯކަރެއްގެ ގޮތުގައި މަސައްކަތް ކުރާ ޕްލެޓްފޯމެއް ހިންގި އެ ތަނުގެ ވެރިންނާ ލެކްޗަރާއިންނެވެ. ބްލޮކްޗެއިން އާއި ލާމަރުކަޒީ ފައިނޭންސްގެ ކޯސްތައް ވެސް ހިންގަމުންއައި އެ އެކަޑަމީން އާއްމުންގެ އިތުބާރު ހޯދުމަށްޓަކައި އިންވެސްޓަރުންނަށް ކޮންމެ ދުވަހަކުވެސް ފައިސާ ނެގޭނެ މަގު ފަހިކޮށްދީފައިވާކަމަށާއި، އަދި ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އާ އިންވެސްޓަރުން ހޯދުމަށް ބާރުއެޅުމުގެ ގޮތުން އިންވެސްޓަރުންނަށް "އެފިލިއޭޓް ޕްރޮގްރާމް" ވެސް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނަމަވެސް އަހަރެއްހާ ދުވަސް ފަހުން އެ ޕްލެޓްފޯމަށް ނުވަދެވި، ފައިސާ ނެގުމުގެ ހުރިހާ ކަމަކަށް ހުރަސް އެޅުމާ ގުޅިގެން ޖޫން މަހުގެ 27 ވަނަ ދުވަހުފެށިގެން މިހާތަނަށް 101 ރިޕޯޓެއް ވަނީ އިންވެސްޓަރުންގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިކަމަށް މެލޭޝިޔާގެ ފުލުހުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
