މާލެ: 31°C

މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އިފްތިތާހުކުރައްވައި ރައީސް ތާރީޚުގެ ތެރެެއަށް

November 16, 2024
2 ފަހަރު ބަލާފައި
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އިފްތިތާހުކުރައްވައި ރައީސް ތާރީޚުގެ ތެރެެއަށް
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކް އިފްތިތާހުކުރައްވައި ރައީސް ތާރީޚުގެ ތެރެެއަށް
ރާއްޖޭގެ ފުރަތަމަ ޑިވެލޮޕްމަންޓް ބޭންކް، މޯލްޑިވްސް ޑިވޮލޮޕްމަންޓް ބޭންކް (ޑީބީއެމް) އިފްތިތާހު ކޮށްފި އެވެ. މިރޭ އިސްލާމިކް ސެންޓަރުގައި ކުރިއަށްދިޔަ ރަސްމިއްޔާތުގައި މި ބޭންކް އިފްތިތާހު ކޮށްދެއްވީ، ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. އެ ބޭންކް ގާއިމްކޮށްފައިވަނީ، ޗާންދަނީ މަގުގައި ހުންނަ ބީސީސީ އޮފީސް އިމާރާތުގަ އެވެ. އެ ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިގްތިސާދީ އަދި އިޖުތިމާއީ ތަރައްގީއަށް އިންވެސްޓުކުރުމާއި، އުމްރާނީ ތަރައްގީއަށް ބޭނުންވާ ފައިސާ ހޯދަން ސަރުކާރުން އުފައްދަން ނިންމި ބޭންކްއެކެވެ. އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވީ، އެ ބޭންކަކީ ރާއްޖޭގެ އިގްތިސާދީ ތަރައްގީއަށާއި، ކުދި ވިޔަފާރިތަކަށް ހިދުމަތް ފުޅާ ކުރުމަށް ލިބިގެންދާނެ އެހީއަކަށް ވެގެންދާނެ ކަމަށެވެ. މޯލްޑިވްސް ޑިވެލޮޕްމެންޓް ބޭންކް ހުޅުވުމަށް މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ލައިސަންސް ދީފައިވަނީ މިދިޔަ އޮކްޓޯބަރު މަހު އެވެ. ބޭންކުގެ ޗެއާޕާސަންއަކީ އަރޫނީ ގޫނަތިލަކަ އެވެ. އޭނާ އަކީ ބިޒްނަސް އޮރިޖިނޭޝަން ގަވާނަންސް، ކްރެޑިޓް އެސެސްމަންޓް އަދި އަލަށް ވުޖޫދުވަމުން އަންނަ މާކެޓްތަކުގެ ރިސްކް މެނޭޖުކުރުމުގެ ދާއިރާއިން ހާއްސަވެފައިވާ ބައިނަލްއަގްވާމީ ފައިނޭންސިއަލް މާކެޓްގެ ފައިނޭންސިއަލް ސާވިސް ތަޖުރިބާކާރެކެވެ. އެ ބޭންކަށް ލައިސަންސް ލިބުމާއެކު، އޭރު މިނިސްޓަރު ސައީދު ވިދާޅުވީ، އެއީ ލިބުނު ފަހުރެއް ކަމަށެވެ. އަދި އެ ބޭންކާއެކު ރާއްޖެއަށް އަންނާނެ ބަދަލުތައް ފާހަގަކުރައްވާ އޭގެ ކުރިން މިނިސްޓަރު ވިދާޅުވީ، އެ ބޭންކު މެދުވެރިކޮށް ކުރިމަގުގައި ރާއްޖޭގެ ރިސޯޓުތަކާއި ގެސްޓްހައުސްތައް ތަރައްގީކުރަން ބޭރުގެ ބޭންކުތަކާ ގުޅިގެން މާލީ އެހީތެރިކަން ހޯދޭނެ ކަމަށެވެ. އަދި އޭގެ ސަބަބުން ރިސޯޓުތަކުގެ ދިވެހިންގެ އަތްމައްޗަށް އަންނާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ