މާލެ: 31°C

ޓާޓާ ގްރޫޕް އޮފް ކޮމްޕަނީސްގެ ޗެއާމަން ރަތަން ޓާޓާ މަރުވެއްޖެ

October 10, 2024
2 ފަހަރު ބަލާފައި
ޓާޓާ ގްރޫޕް އޮފް ކޮމްޕަނީސްގެ ޗެއާމަން ރަތަން ޓާޓާ މަރުވެއްޖެ
ޓާޓާ ގްރޫޕް އޮފް ކޮމްޕަނީސްގެ ޗެއާމަން ރަތަން ޓާޓާ މަރުވެއްޖެ
އިންޑިއާގެ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ ޓާޓާ ސަންސްގެ ޗެއާމަން ރަތަން ޓާޓާ މަރުވެއްޖެއެވެ. އިންޑިއާގެ ހަބަރުފަތުރާ ޗެނަލް ތަކުން ރިޕޯޓް ކޮށްފައިވާ ގޮތުގައި ރަތަން ޓާޓާ މަރުވެފައިވަނީ އާލާސްކަންފުޅާ އުޅުއްވާތީ މުމްބާއީގެ ބްރީޗް ކެންޑީ ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާދެމުން ގެންދަނިކޮށެވެ. އުމުރުފުޅުން 86 އަހަރުގެ ރަތަން ޓާޓާ އަކީ ބައިނަލްއަގްވާމީ ގޮތުން އިންޑިއާގެ އެންމެ މަޝްހޫރު އެއް ވިޔަފާރިވެރިޔާ އެވެ. ގާތްގަނޑަކަށް 660،000 މީހުން ވަޒީފާ އަދާކުރާ އަދި 100 އަށް ވުރެ ގިނަ ކުންފުނި ހިމެނޭ "ސޯލްޓް-ޓު-ސޮފްޓްވެއާ" ކުންފުނީގެ ގޮތުގައި މަޝްހޫރުވެފައިވާ ޓާޓާ ގުރޫޕުގައި 20 އަހަރަށް ވުރެ ގިނަ ދުވަސް ވަންދެން އިސްކޮށް ހުންނެވީ އެ ރަތަން ޓާޓާ އެވެ. އެ ކުންފުނީގެ އަހަރީ އާމްދަނީ އަކީ 100 ބިލިއަން ޑޮލަރު  އަށް ވުރެ ބޮޑު އާމްދަނީއެކެވެ. ރަތަން ޓާޓާ ގެ ކާފަ ޖަމްސެޓްޖީ ޓާޓާ އުފެއްދެވި 155 އަހަރުވީ ޓާޓާ ގުރޫޕަކީ ޖަގުއާ ލޭންޑް ރޯވާ އާއި ޓާޓާ ސްޓީލް އިން ފެށިގެން އޭވިއޭޝަނާއި ސޯލްޓް ޕާން ފަދަ ވިޔަފާރީގެ އެމްޕަޔަރެކެވެ. ރަތަން ޓާޓާ ތައުލީމު ހާސިލް ކޮށްގފައިވަނީ އެމެރިކާގެ ކޯނެލް ޔުނިވާސިޓީން އާކިޓެކްޗާގެ ދާއިރާއިން ނެވެ. އަދި އޭނާ އަކީ އެއާކްރާފްޓް ޕައިލެޓެއްވެސް މެއެވެ. އެމެރިކާގަ ދިރިއުޅުއްވުމަށްފަހު އެނބުރި އިންޑިއާއަށް ވަޑައިގެންނެވީ 1962 ވަނަ އަހަރު އޭނާގެ ދައްތަ ލޭޑީ ނަވާޖްބާއީ ބަލިވުމުންނެވެ. ރަތަން ޓާޓާ އެއްމެ ފުރަތަމަ ޓާޓާ ކޮމްޕެނީ ގައި އަދާކުރި ވަޒީފާއަކީ އެ ކޮމްޕެނީގެ އިންޑިއާގެ އިރުމަތީގެ ޖަމްޝެދުޕޫރުގައި ހުންނަ ސްޓީލް ޕްލާންޓުގެ އާދައިގެ މަސައްކަތު މީހެއްގެ ވަޒީފާއެވެ. އޭގެ 2 އަހަރު ފަހުން އެ ފެކްޓްރީގެ އެސިސްޓެންޓް ފްލޯރ މެނޭޖަރަކަށް ބަދަލުކުރިއެވެ. 1991 ވަނަ އަހަރު އޮޓޯސް ޓު ސްޓީލް ކުންފުނީގެ ޗެއާމަނަކަށް ރަތަން ޓާޓާ ވެވަޑައިގެންނެވިއެވެ. ޓާޓާ ގްރޫޕް އޮފް އިންޑަސްޓްރީސް ގެ ޗެއާމަނަކަށް ރަތަންޓާޓާ އައްޔަނުކޮށްފައިވަނީ 2012 ވަނަ އަހަރުއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ