ޖެފް ބެޒޯސް ފަހަތަށް ޖައްސާލުމަށްފަހު މާކް ޒުކަބާގް ދުނިޔޭގެ އެއްމެ މުއްސަނދި މީހުންގެ ލިސްޓްގެ ދެ ވަނައަށް

ޖެފް ބެޒޯސް ފަހަތަށް ޖައްސާލުމަށްފަހު މާކް ޒުކަބާގް ދުނިޔޭގެ އެއްމެ މުއްސަނދި މީހުންގެ ލިސްޓްގެ ދެ ވަނައަށް
ލިޔުން:
ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ދައްކާ ގޮތުގައި ފޭސްބުކްގެ ބާނީ މާކް ޒުކަބާގް، އެމެޒޯންގެ ބާނީ ޖެފް ބެޒޯސް ފަހަތަށް ޖައްސާލައިލުމަށްފަހު ދުނިޔޭގެ އެއްމެ މުއްސަނދި މީހުންގެ ލިސްޓްގެ 2 ވައަށް އަރައިފިއެވެ..
ބްލޫމްބާގް ބިލިއަނާސް އިންޑެކްސްގެ 2 ވަނައަށް މެޓާގެ ސީއީއޯ މާކް ޒުކަބާގް އަރާފައިވަނީ ކުރިން އެ ލިސްޓްގެ 2 ވަނާގައި އޮތް އެމެޒޯން ގެ ސީއީއީ ޖެފް ބެޒޮސް އަށްވުރެ 1 ބިލިއަން ޑޮލަރު އޭނާގެ މިލްކީޔާތަށް އިތުރުވުމާގުޅިގެންނެވެ.
މިހާރު މެޓާގެ ސީއީއޯ މާކް ޒުކަބާގް ގެ މިލްކިއްޔާތުގައި ހުރީ 206.2 ބިލިއަން ޑޮލަރު އެވެ. އެ އަދަދަކީ އެ ލިސްޓްގެ 1 ވަނާގައި އޮތް އީލޮން މަސްކްއަށް ވުރެ ގާތްގަނޑަކަށް 50 ބިލިއަން ޑޮލަރު މަދު އަދަދެކެވެ.
ފޭސްބުކް، އިންސްޓަގްރާމް އަދި ވަޓްސްއެޕް ހިންގާ މެޓާއަށް މި އަހަރަކީ ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުންދާ އަހަރެކެވެ.. މެޓާ ޕްލެޓްފޯމްސް އިންކްގެ ހިއްސާ މި އަހަރު އުފުލެމުންދާއިރު، ދެވަނަ ކުއާޓަރުގައި 23 އިންސައްތަ އިގެ ކުރިއެރުމެއް ލިބިފައިވެއެވެ. އެއާއެކު މެޓާގެ ސީއީއޯގެ ހިއްސާވެސް ވަނީ ވަރަށް ބޮޑަށް އުފުލިފައެވެ. އެކަމާ ގުޅިގެން އެ ކުންފުނީގައި 13 ޕަސެންޓް ހިއްސާ އޮންނަ ޒުކަބާގްގެ މިލްކިއްޔާތަށް ވެސް ބޮޑު ކުރިއެރުމެއް ލިބުނެވެ.
މިއަހަރު އެކަނިވެސް ޒުކަބާގުގެ މިލްކިއްޔާތު ވަނީ 78 ބިލިއަން ޑޮލަރަށް އިތުރުވެފަ އެވެ. އެއާއެކު އޭނާ ވަނީ ބްލޫމްބާގް ބިލިއަނަރުންގެ އިންޑެކްސްގައި 4 ދަރަޖަ އިގެ ކުރިއެރުމެއް ހޯދާފަ އެވެ.
މިއަހަރުގެ 2 ވަނަ ކުއާޓަރުގައި ކުންފުނީގެ ހަރަދުތައް އިތުރުވި ނަމަވެސް އެ ކުންފުންޏަށް ލިބުނު އާމްދަނީ ވެސް ވަނީ އިތުރުވެފަ އެވެ. މެޓާގެ ޑެއިލީ އެކްޓިވް ޔޫޒަރުންގެ އަދަދު އަހަރުން އަހަރަށް ބަލާއިރު 6.5 އިންސައްތަ އިތުރުވެއެވެ. މެޓާގެ ޙިދުމަތް ހޯދާ މީހުންގެ އަދަދު މިއަހަރު ވަނީ 3.27 ބިލިއަނަށް އަރާފައެވެ.
ދުނިޔޭގައި މިހާރު ތިބި އެންމެ މުއްސަނދި 10 މީހުން
އީލޮން މަސްކް 256 ބިލިއަން ޑޮލަރު
މާކް ޒުކަބާގް 206 ބިލިއަން ޑޮލަރު
ޖެފް ބެޒޯސް 205 ބިލިއަން ޑޮލަރު
ބާނާޑް އާނޯލްޓް 193 ބިލިއަން ޑޮލަރު
ލެރީ އެލިސަން 179 ބިލިއަން ޑޮލަރު
ބިލް ގޭޓްސް 161 ބިލިއަން ޑޮލަރު
ލެރީ ޕޭޖް 150 ބިލިއަން ޑޮލަރު
ސްޓީވް ބޯލްމަރ 145 ބިލިއަން ޑޮލަރު
ވޮރެން ބަފެޓް 143 ބިލިއަން ޑޮލަރު
ސާގެރީ ބެރިން 141 ބިލިއަން ޑޮލަރު
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
