ޓްރެވެލް އެޖެންޓުންނަށް ވަކި ގާނޫނެއް ރާއްޖެއަށް ބޭނުމެއް ނުވޭ: ފިރާގު

ޓްރެވެލް އެޖެންޓުންނަށް ވަކި ގާނޫނެއް ރާއްޖެއަށް ބޭނުމެއް ނުވޭ: ފިރާގު
ލިޔުން:
ޓްރެވެލް އެޖެންޓުންނާ ބެހޭ ވަކި ގާނޫނަށް ރާއްޖެއަށް ބޭނުންނުވާ ކަމަށް ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.
އޭނާ މިހެން ވިދާޅުވެފައި މިވަނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ޓްރެވެލް އެޖެންޓިންނާ ބެހޭ ގާނޫނުގެ ޑްރާފްޓަށް ޓޫރިޒަމް އިންޑަސްޓްރީގެ ބޭފުޅުންގެ ހިޔާލު ހޯއްދެވުމުގެ މަސައްކަތް ކުރައްވަމުންދާ ދަނޑިވަޅެއްގައެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އަޅުގަނޑުމެންނަށް ރާއްޖޭ ގައި ޓްރެވަލް އޭޖެންޓުންނަށް ވަކި ޤާނޫނެއް ބޭނުންވާ ކަމަކަށް. އެހެންނަމަވެސް، މިހާރު އޮތް ފަތުރުވެރިކަމުގެ ޤާނޫނުގެ ދަށުން އެފަރާތްތަކަށް ހަރުދަނާ ޤަވާޢިދުތަކެއް އަޅުގަނޑުމެން ތަންފީޒުކުރަންޖެހޭ. ޓްރެވަލް އޭޖެންޓުންނަށް ވަކި ގާނޫނެއް އުފެއްދުމަކީ ކަންކަން އުނދަގޫވާނެ ކަމެއް ކަމަށް އަޅގަނޑު ދެކެމު،" އިނަމޯލްޑިވްސްގެ ވެރިޔާ ފިރާގު ވިދާޅުވިއެވެ. "ކޮންމެ ކުޑަ އިސްލާހަކަށް ވެސް މަޖިލީހަށް ގޮސް ބަހުސްކޮށް ނަތީޖާއަށް އިންތިޒާރު ކުރަން ޖެހޭނެ އެއީ ދިގު ޕްރޮސެސްއެއް. މިހާރު އޮތް ފަތުރުވެރިކަމުގެ ގާނޫނުގެ ދަށުން ހުރިހާ ކަމެއް ބެހެއްޓުމުން ހަމަ ރަންގޅު ކަމަށް ދެކެމު. ފަހަރުގައި ތިބޭފުޅުން ގެ ވިސް ނުން ތަފާތުވެދާނެ."
އޭނާ ދެކިލައްވާ ގޮތުގައި ހުޅުވިފައިވާ އިގްތިސާދީ މާރުކޭޓެއްގައި ވިޔަފާރިތަކަށް ހުއްޓުމެއް އަންނާނެ ގޮތެއް ނުހެދޭނެއެވެ.
"އޯޕަން އިޤްތިޞާދެއްގައި، ޚާއްޞަކޮށް ޓްރެވަލް ޓްރޭޑް ސެކްޓާގައި ވިޔަފާރިތައް ލިމިޓް ނުކުރެވޭނެ. ނުވަތަ ކޮންޓްރޯލް އެވެސް ނުކުރެވޭނެ. އާމްދަނީ ދަށް ޓްރެވަލް އޭޖެންޓުންނަށް އެހީތެރިވުމަށްޓަކައި، އެމީހުންނަށް ޓެކްސް ކުޑަކުރުން ފަދަ ޓެކްސް ޕޮލިސީއެއް ތަންފީޒުކުރުމަށް އަޅުގަނޑުމެން ވިސްނާލެވިދާނެ،" އޭނާ ވިދާޅުވިއެވެ.
"މިހާރު ރާއްޖެ ކުރިއަރައިފައި ވާހިސާބަށް ބަލައިފިނަމަ ގެންގުޅެމުން އައި އުސޫލު ބަދަލުކުރުމުން ނުވަތަ ބީރައްޓެހި ޤާނޫނެއް ހެދުމުން އެހެން ޤައުމުތަކާއެކު މިހާރު ވެފައިވާ ބައެއް ވިޔަފާރި އެއްބަސްވުންތަކަށް ބަލައިފި ނަމަ މިއީ ގޮންޖެހުންތަކެއް ކުރިމަތިވާނެ ކަމެއް. އަލަށް އަންނަ ރާއްޖޭގެ ފަރާތްތަކަށް ޓޫރިޒަމް އިންޑަސްޓްރީގައި ފުރުސަތުތައް ލިބޭނެ ގޮތް ހެދުމަކީ މުހިންމު ކަމެއް. އަދި ގިނަގުނަ ހުއްދަ ތަކަކީވެސް މަސައްކަތް ކުރުމުގައި އިތުރަށް އުނދަގުވާނެ ކަންކަން."
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
