މަސްވެރިން އެމީހުންގެ ޒިންމާ އަދާކުރެއެވެ. ސަރުކާރާ މަސްގަންނަ ކުންފުނިތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް މަސްވެރިން ތަބާވެއެވެ. ކުންފުނިތަކަށް މަސް ކިރުވުމަށް ބޭނުންވާ ސެޓްފިކެޓް ދޯނިފަހަރުން ވަނީ ހައްދާފައެވެ. ބާނާ މަސް ތާޒާކޮށް ބެހެއްޓުމަށް މަހަށް އައިސް އަޅައެވެ. މަސް ގަންނަ ކުންފުނިތަކުން ދޯނިފަހަރުން މަސް ގަންނަނީ ތަޒާކަމާއެކުގައެވެ. މިހިސާބުން މަސްވެރިންގެ ޒިންމާ ނިމުނީއެވެ. ދެން އެމަސް ދަޅުގައި ބަންދުކޮށްގެން ވިއްކާނީތޯ ނޫނީ ގަނޑުކުރި މަހުގެ ގޮތުގައި ބޭރުކުރާނީތޯ މި ނިންމުން ނިންމާނީ މަސްވެރިންނެއް ނޫނެވެ. މަސް ގަންނަ ފަރާތްތަކުންނާއި ސަރުކާރުންނެވެ. އެހެންކަމުން މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ "ނުއަގުގަ"އޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.ދަޅުގައި ބަންދުކޮށްގެން މަސް ބޭރުކުރުމުން ރޯމަހަށްވުރެ ފަސް ގުނަ އަގުބޮޑު!

ދަޅުގައި ބަންދުކޮށްގެން މަސް ބޭރުކުރުމުން ރޯމަހަށްވުރެ ފަސް ގުނަ އަގުބޮޑު!
ލިޔުން:
ރާއްޖެއިން އެންމެ ގިނައިން އެކްސްޕޯޓްކުރާ މަހުގެ ބާވަތަކީ ފިނިކުރި ކަޅުބިލަ މަހެވެ. ރާއްޖޭގެ މަސްވެރިން ބާނާ މަހުގެ ތެރެއިން ދަޅުގައި ބަންދުކުރެވެނީ ނިސްބަތުން ވަރަށް ކުޑަ ޕަސެންޓެކެވެ. މަސްވެރިން ބާނާ ގިނަ މަސް ގަނޑުކުރުމަށްފަހު ހުރިގޮތަށް ބޭރުކޮށްލަނީއެވެ. ފިޝަރީޒް މިނިސްޓްރީންނާއި މިފްކޯއިން ބުނަމުންދަނީ މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ ނުއަގުގައި ކަމަށެވެ. ސަބަބަކީ މަސްވެރިންގެ އަތުން މަސް ޓަނެއް ވިހިހާސް ރުފިޔާއަށް ގަނެގެން އެ ބޭރުކުރުމުން ވިހި ހާސް ރުފިޔާވެސް އެ މަސްޓަނަށް ނުލިބޭ ވާހަކައެވެ. މިއީ މިފްކޯއިން މިހާރު އާންމުކޮށް ދައްކަމުން އަންނަ ވާހަކައެވެ.
ސުވާލަކީ ދިވެހިރާއްޖޭގައި ބާނާ މަހަށް އެކަށީގެންވާ އަގު ހޯދަން ސަރުކާރުން މަސައްކަތް ނުކުރަނީ ކީއްވެގެންތޯއެވެ؟ މިފްކޯއާއި ފިޝަރީޒް މިނިސްޓްރީން އެ ވިދާޅުވާ ގޮތަށް ގެއްލުމުގައި މަސް ބޭރުކޮށްކޮށް ތިބެންވީތޯއެވެ؟ މަހަށް ރަނގަޅު އަގު ނުލިބެނީ މަސްވެރިންގެ ސަބަބުން ތޯއެވެ؟.
ރާއްޖޭގެ މަސްވެރިން ބާނާ މަސް ރޯމަހުގެ ގޮތުގައި ބޭރުކުރުމުގެ ބަދަލުގައި ވެލިއު އެޑް ޕްރޮޑަކްޓެއްގެ ގޮތުގައި ވިއްކުމުން ރޯމަހުގެ ގޮތުގައި ބޭރުކުރުމުން ލިބޭ އަގަށްވުރެ ފަސް ގުނަ އިތުރަށް ލިބޭކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. މިސާލަކަށް 20 ހާސް ރުފިޔާއަށް ގަންނަ މަސްޓަނު، ދަޅުގައި ބަންދުކޮށްގެން ވިއްކައިފި ނަމަ އެމަސްޓަނަށް އެއްލައްކަ ރުފިޔާއެބަ ލިބެއެވެ. ނަމަވެސް 20 ހާސް ރުފިޔާއަށް ގަންނަ މަސްޓަނު ފިނިކުރި މަހުގެ ގޮތުގައި 15 ހާސް ރުފިޔާއަށްވެސް ތައިލެންޑަށް ބޭރުކޮށްފައި އެބަހުއްޓެވެ.
"ބެންކޮކް ބާޒާރުގައި 14 ހާސް ރުފިޔާއަށް މަސް ޓަނެއް ހުރިއިރު ރާއްޖޭގައި މަސްގަންނަމުން މިދަނީ 20 ހާސް ރުފިޔާއަށް. ދިވެހިރާއްޖޭގައި ވެލިއު އެގްކުރެވޭނެ އިތުރު ގޮތްތަކެއް ނެތް. އެކަމަށް މިފްކޯއިން ތައްޔާރުވެފަ ނެތް. ވެލިއު އެޑްކުރުމޭ އަޅުގަނޑު ބާރަށް މި ބުނާ ސަބަބަކީ ވެލިއު އެޑް ކުރުމުން އެއްޓަނު މަހުން ލިބޭ ވަރު ފަސް ގުނަ އެބަ އިތުރު ކުރެވޭ. އެހެންވިއްޔާ މިފްކޯއަށް އެވާ ގެއްލުން ރީތިކޮށް އެންމެ ޓަނަކުން ނައްތާލެވޭ." އޮފިޝަލް ވިދާޅުވިއެވެ.
މަސްވެރިން އެމީހުންގެ ޒިންމާ އަދާކުރެއެވެ. ސަރުކާރާ މަސްގަންނަ ކުންފުނިތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް މަސްވެރިން ތަބާވެއެވެ. ކުންފުނިތަކަށް މަސް ކިރުވުމަށް ބޭނުންވާ ސެޓްފިކެޓް ދޯނިފަހަރުން ވަނީ ހައްދާފައެވެ. ބާނާ މަސް ތާޒާކޮށް ބެހެއްޓުމަށް މަހަށް އައިސް އަޅައެވެ. މަސް ގަންނަ ކުންފުނިތަކުން ދޯނިފަހަރުން މަސް ގަންނަނީ ތަޒާކަމާއެކުގައެވެ. މިހިސާބުން މަސްވެރިންގެ ޒިންމާ ނިމުނީއެވެ. ދެން އެމަސް ދަޅުގައި ބަންދުކޮށްގެން ވިއްކާނީތޯ ނޫނީ ގަނޑުކުރި މަހުގެ ގޮތުގައި ބޭރުކުރާނީތޯ މި ނިންމުން ނިންމާނީ މަސްވެރިންނެއް ނޫނެވެ. މަސް ގަންނަ ފަރާތްތަކުންނާއި ސަރުކާރުންނެވެ. އެހެންކަމުން މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ "ނުއަގުގަ"އޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.
މަސްވެރިން އެމީހުންގެ ޒިންމާ އަދާކުރެއެވެ. ސަރުކާރާ މަސްގަންނަ ކުންފުނިތަކުން ކަނޑައަޅާފައިވާ އުސޫލުތަކަށް މަސްވެރިން ތަބާވެއެވެ. ކުންފުނިތަކަށް މަސް ކިރުވުމަށް ބޭނުންވާ ސެޓްފިކެޓް ދޯނިފަހަރުން ވަނީ ހައްދާފައެވެ. ބާނާ މަސް ތާޒާކޮށް ބެހެއްޓުމަށް މަހަށް އައިސް އަޅައެވެ. މަސް ގަންނަ ކުންފުނިތަކުން ދޯނިފަހަރުން މަސް ގަންނަނީ ތަޒާކަމާއެކުގައެވެ. މިހިސާބުން މަސްވެރިންގެ ޒިންމާ ނިމުނީއެވެ. ދެން އެމަސް ދަޅުގައި ބަންދުކޮށްގެން ވިއްކާނީތޯ ނޫނީ ގަނޑުކުރި މަހުގެ ގޮތުގައި ބޭރުކުރާނީތޯ މި ނިންމުން ނިންމާނީ މަސްވެރިންނެއް ނޫނެވެ. މަސް ގަންނަ ފަރާތްތަކުންނާއި ސަރުކާރުންނެވެ. އެހެންކަމުން މަސްވެރިންގެ އަތުން މަސް ގަންނަމުންދަނީ "ނުއަގުގަ"އޭ ބުނެވޭނެ އެއްވެސް ޖާގައެއް ނެތެވެ.ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
