މާލެ: 31°C
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ފަރާތްތައް އާއްމުކޮށްފި

އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ފަރާތްތައް އާއްމުކޮށްފި

June 13, 2024
3 ފަހަރު ބަލާފައި
އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ފަރާތްތައް އާއްމުކޮށްފި
އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ ކުންފުނިތަކުގެ ނަންތައް އިސްލާމިކް މިނިސްޓްރީން މިއަދު އާއްމުކޮށްފިއެވެ. އިސްލާމިކް މިނިސްޓްރީން ވަނީ 58 ކުންފުންޏަކަށް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައެވެ. މި ލިސްޓްގައި މިއަހަރުގެ އޮގަސްޓްމަހާއި، އަންނަ އަހަރުގެ ޖޫންމަހުގެ އިތުރުން ނޮވެމްބަރުމަހު އުމްރާއަށް ގެންދިއުމުގެ ހުއްދަ ދިން ކުންފުނިތައް ހިމެނެއެވެ. މީގެ އިތުރުން މި ލިސްޓްގައި 2026 ވަނަ އަހަރު އުމްރާއަށް މީހުން ގެންދިއުމަށް ހުއްދަ ދީފައިވާ 13 ކުންފުންޏެއްވެސް ހިމެނެއެވެ. އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދަ ދީފައިވާ ކުންފުނިތަކުގެ ނަންތައް އާއްމުކޮށްފައިވާއިރު، އުމްރާއަށް މީޙުން ގެންގޮސް ހާލުގައި ޖައްސާ މައްސަލަތަކެއްވެސް މި އަހަރާއި، މިދިޔަ އަހަރު ވަނީ ފެންމަތިވެފައެވެ. މިގޮތުން މިއަހަރުގެ މާޗްމަހު އުމްރާއަށް ގެންދިޔަ ކުންފުންޏަކުން އެއާލައިނަށް ޓިކެޓް ފައިސާ ދައްކާފައި ނުވާތީ އުމްރާވެރިން ރާއްޖެ އައުމުގައި މައްސަލަތަކެއް ވަނީ ޖެހިފައެވެ. އުމްރާއަށް މީހުން ގެންދާ ބައެއް ކުންފުނިތަކުން ޓިކެޓަށް ފައިސާ ދެއްކުމުގައި އިހުމާލުވަމުންދާ މައްސަލައަކީ މި ފަހަކަށް އައިސް ވަރަށް އާއްމު ކަމެކެވެ. މިގޮތުން މިކަމުގައި މައްސަލަ ޖެހެނީ އެއް ކުންފުނިތަކެއްކަން ފާހަގަކޮށްލެވެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ