މާލެ: 31°C

އަގު ކުޑަކުރުމަށްފަހު، ހިޔަލަ މާކެޓްގެ ކިއޯސްކުތަކަށް އެދުމުގެ ސުންގަޑި އިތުރުކޮށްފި

June 10, 2024
2 ފަހަރު ބަލާފައި
އަގު ކުޑަކުރުމަށްފަހު، ހިޔަލަ މާކެޓްގެ ކިއޯސްކުތަކަށް އެދުމުގެ ސުންގަޑި އިތުރުކޮށްފި
އަގު ކުޑަކުރުމަށްފަހު، ހިޔަލަ މާކެޓްގެ ކިއޯސްކުތަކަށް އެދުމުގެ ސުންގަޑި އިތުރުކޮށްފި
ހިޔަލަ މާކެޓްގެ ކިއޯސްކުތަކަށް އެދުމުގެ ސުންގަޑި ބީސީސީން އިތުރުކޮށްފިއެވެ. ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ވަނީ ހުޅުމާލެ ކޮންޓެނިއާ ޕާކްގައި ކުރިއަށްގެންދިޔަ ހިޔަލަ ވީކަންޑް މާކެޓްގެ ކިއޯސްކުތައް އަހަރަކަށް ދޫކުރުމަށް ނިންމާފައެވެ. މީގެ ކުރިން ކިއޯސްކުތަކަށް އެދުމުގެ ސުންގަޑިއެއްގެ ގޮތުގައި ހަމަޖައްސާފައިވަނީ ޖޫންމަހުގެ ނުވަވަނަ ދުވަހުގެ 1600 ގެ ކުރިންނެވެ. ނަމަވެސް ބީސީސީން މިއަދު ބުނީ ކިއޯސްކުތަކަށް އެދުމުގެ ސުންގަޑި ޖޫންމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މިހާރު އިތުރުކޮށްފައިވާކަމަށެވެ. އޮސްކުތައް ދޫކުރުމަށް ނިންމާފައިވަނީ ދިވެހި ކުދި އަދި މެދު ފަންތީގެ އަންހެން ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ފަހިކުރުމުގެ ގޮތުން 1 އަހަރު ދުވަހުގެ މުއްދަތަކަށެވެ. ކިއޮސްކްތައް ކުއްޔަށްހިފާ ފަރާތްތަކުގެ ހުންނަންޖެހޭ ޝަރުތުތަކުގެ ތެރޭގައި ދިވެހި ރައްޔިތަކަށް ވުމާއި، އަންހެން ވިޔަފާރިވެރިއެއްގެ އިތުރުން 18 އަހަރު ފުރިފައިވުން ހިމެނެއެވެ. މީގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިއާބެހޭ ޤާނޫނުގެ 3 ވަނަ މާއްދާގެ ނ ގައި ބަޔާންކޮށްފައިވާ ވިޔަފާރިތަކުގެ މިންގަނޑުތަކުގެ ތެރެއިން އެންމެ ކުދި ވިޔަފާރިއަކަށްވުންވެސް ހިމެނެއެވެ. ބީސީސީން ކިއޯސްކުތައް މީގެ ކުރިން މަހަކަށް 10،000 ރުފިޔާގެ ކުއްޔަކަށް ދިނުމަށް ނިންމި ނަމަވެސް މިހާރު އެއަގުވަނީ 6،500 ރުފިޔާއަށެވެ. ކޮންޓެއިނާ ޕާކްގައި ހިމެނެނީ ޖުމްލަ 10 ކިއޯސްކެވެ. ބީސީސީން ބުނީ ކިއޯސްކުތަކުގައި ވިއްކަން ޖެހޭނީ ދިވެހި އުފެއްދުންތައް ކަމަށާއި ކޮންމެ ކިއޯސްކަކަށްވެސް އެއް ފަރާތަށް ވުރެ ގިނަ ފަރާތްތައް ފޯމް ހުށަހަޅާފައިވާނަމަ، ކިއޯސްކުތައް ކުއްޔަށް ހިފާފަރާތް ހޮވާނީ ގުރުއަތުގެ އުސޫލުން ކަމަށެވެ. ބީސީސީން ހުޅުމާލެ ކޮންޓެއިނާ ޕާކްގައި ހިޔަލަ ވީކަންޑް މާކެޓް ކުރިއަށްގެންގޮސްފައިވާއިރު، މާކެޓް ކުރިއަށްގެންދިޔަ ރޭތަކުގައި ބޮޑު ތަރުހީބެއް ލިބިފައިވާކަން ފާހަގަކޮށްލެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ