އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީ ހެދުމަށް ބީސީސީއަށް ބިން ދީފި

އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީ ހެދުމަށް ބީސީސީއަށް ބިން ދީފި
ލިޔުން:
އައްޑޫ ސިޓީގައި ގާމެންޓް ފެކްޓްރީއެއް ގާއިމް ކުރުމަށް ބިން ދޫކުރުމުގެ އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލާއި ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގައި އައްޑޫ ސިޓީ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު، މުޙައްމަދު ޝުޢާއު އެވެ. ބީސީސީގެ ފަރާތުން ސޮއި ކުރެއްވީ އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރ، ސާމިޙް އާދަމް އެވެ.
މި އެއްބަސްވުމަކީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ހަރުދަނާ އިޤްތިޞާދީ ސިޔާސަތުތަކާ އެއްގޮތަށް، ރާއްޖޭގައި ސިނާޢީ ފެންވަރެއްގައި ފެހުމުގެ މަސައްކަތް ތަރައްޤީކޮށް، ދިވެހިރާއްޖޭގައި ހަރަކާތްތެރިވާ އެންމެ ކުދި، ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް އިތުރު ފުރުސަތުތަކެއް ހޯދައިދިނުމަށް ޓަކައި ބިޒްނަސް ސެންޓަރ ކޯޕަރޭޝަނުން ކުރަމުންދާ މަސައްކަތްތަކަށް ފަހި ކަމެއް ގެނެސްދޭނެ އެއްބަސްވުމެކެވެ.
މި މަޝްރޫޢާއެކު، ބީސީސީގެ އަމާޒަކީ ރާއްޖެއަށް އެތެރެކުރާ މުދަލަށް ބަރޯސާވުން ކުޑަކޮށް، ވަޒީފާގެ ފުރުޞަތުތައް ފަހިކުރުމާއެކު، ޚާއްޞަކޮށް އަންހެނުން ބާރުވެރިކުރުމެވެ. އަދި ދިވެހި ކުދި ވިޔަފާރިތައް ތަރައްޤީ ކުރުމާއެކު ރާއްޖޭގެ އެކި ހިސާބުތަކުގައި ބޮޑެތި އިޤްތިޞާދީ ޙަރަކާތްތައް ހިންގުމުގެ ފުރުޞަތު ފަހި ކުރުމަކީވެސް ބީސީސީގެ އަމާޒެކެވެ.
މީގެ އިތުރުން، އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވުޒާރާގެ އިސްނެންގެވުމާއެކު ތަރައްޤީ ކުރެވޭ މި ގާމެންޓް ފެކްޓްރީ އައްޑޫ ސިޓީގައި ޤާއިމް ވެގެން ދިޔުމަކީ އެ ސިޓީއާއި މުޅި ރާއްޖޭގެ އިޤްތިޞާދަށް އެއިން ގިނަގުނަ ފައިދާތަކެއް ކުރާނެ ކަމެކެވެ. މީގެ އިތުރުން މި މަޝްރޫއުގެ ސަބަބުން މި ދާއިރާއިން ވިޔަފާރިވެރިން ކުރިއެރުވުމާއެކު، އަދުގެ ސަރުކާރުގެ ސިނާޢީ ތަރައްޤީގެ ބާރު ދުވެލީގައި އައްޑޫ ސިޓީއާއި މުޅި ރާއްޖޭގެ އިޤްތިޞާދަށް ވެސް އޭގެ އެންމެ އެދެވޭ އަސަރު ކުރާނެ ކަމަށް ބީސީސީއިން ދެކެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
