މާލެ: 31°C

މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 14.8 ބިލިއަން ރުފިޔާގައި

June 5, 2024
2 ފަހަރު ބަލާފައި
މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 14.8 ބިލިއަން ރުފިޔާގައި
މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީ 14.8 ބިލިއަން ރުފިޔާގައި
މިއަހަރުގެ ފުރަތަމަ ފަސް މަސްދުވަސް ނިމުނުއިރު ދައުލަތަށް އާމްދަނީގެ ގޮތުގައި ޖުމްލަ 14.8 ބިލިއަން ރުފިޔާ ލިބިއްޖެއެވެ. މާލީ ވުޒާރާއިން ނެރެ އާއްމުކޮށްފައިވާ ތަފާސްހިސާބަށް ބަލާއިރު، މެއިމަހުގެ ނިޔަލަށް ދައުލަތަށް ޖުމްލަ އާމްދަނީގެ 14.8 ބިލިއަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 706 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ދައުލަތަށް ލިބުނު ޖުމްލަ އާމްދަނީ އުޅެނީ 14.1 ބިލިއަން ރުފިޔާގައެވެ. މިއަހަރުގެ މިހާތަނަށް ދައުލަތަށް ލިބުނު އާމްދަނީއަށް ބަލާއިރު ޓެކްސްގެ ގޮތުގައި 12 ބިލިއަން ރުފިޔާ، ޓެކްސް ނޫން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ، ގްރާންޓްގެ ގޮތުގައި 155 މިލިއަން ރުފިޔާގެ އިތުރުން ކެޕިޓަލް ރިސިޕްޓްގެ ގޮތުގައި 8.9 މިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއަހަރުގެ ފުރަތަމަ ފަސްމަސް ދުވަސް ނިމުނުއިރު ދައުލަތުގެ ހަރަދުތައް ހުރީ 17.3 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރާ އަޅާބަލާއިރު، މިއަހަރުގެ މިހާތަނަށް ދައުލަތުގެ ހަރަދުތައް ކުޑަކަން ފާހަގަކޮށްލެެއެވެ. މިދިޔަ އަހަރުގެ މެއިމަހުގެ ނިޔަލަށް ދައުލަތުގެ ހަރަދުގެ ގޮތުގައި ރެކޯޑް ކުރެވިފައިވަނީ 19.1 ބިލިއަން ރުފިޔާއެވެ. މިއަހަރުގެ ޖުމްލަ ބަޖެޓަކީ 49.8 ބިލިއަން ރުފިޔާއެވެ.  މިދިޔަ އަހަރުގެ ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައިވަނީ 47.6 ބިލިއަން ރުފިޔާއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ