ފަތުރުވެރިން އަންނަ އަދަދު ވަރަށްބޮޑަށް ދަށްވެއްޖެ

ފަތުރުވެރިން އަންނަ އަދަދު ވަރަށްބޮޑަށް ދަށްވެއްޖެ
ލިޔުން:
ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ވަރަށްބޮޑަށް ދަށަށް ހިނގައްޖެއެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، ޓޫރިޒަމް ސީޒަނަށްފަހު ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ ވަރަށްބޮޑަށް ދަށަށްދާން ފަށާފައެވެ. މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން ހުސްވި އޭޕްރިލްމަހުގެ ނިޔަލަށް ޖުމްލަ ގޮތެއްގައި ދުވާލަކު ހަތްހާހާއި ފަސްހާހާ ދެމެދުގެ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރިނަމަވެސް، މިމަހު ޖުމްލަ ގޮތެއްގައި މިއަދަދު އުޅެނީ 3،983 ގައެވެ.
މިއަހަރުގެ ތެރޭގައި ރާއްޖެއަށް އެންމެ މަދުން ފަތުރުވެރިން ޒިޔާރަތްކުރި ދުވަހަކީ މިމަހުގެ 16 ވަނަ ދުވަހެވެ. އެދުވަހު ރާއްޖެއަށް ޒިޔާތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 2.913 ގައެވެ.
މިނިވަން އާ ވާހަކަދައްކަމުން ބައެއް ޓްރެވަލް އޭޖެންޓުން ބުނީ ކޮންމެ އަހަރެއްގެވެސް މިދުވަސްވަރު ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު ދަށްނަމަވެސް، މިދިޔަ އަހަރަށްވުރެ ކޮންމެވެސް ވަރަކަށް ރަނގަޅުކަމަށެވެ.
ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކަށް ބަލާއިރު، އިއްޔެގެ ނިޔަލަށް ރާއްޖެއަށް 875,933 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު، 7.8 އިންސައްތަ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު އުޅެނީ 790,301 ގައެވެ.
ޓޫރިޒަމް މިނިސްޓްރީން ވަނީ މިއަހަރު ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް އަމާޒު ހިފާފައެވެ. މިކަމާ ގުޅޭގޮތުން ޓޫރިޒަމް މިނިސްޓަރު އިބްރާހިމް ފައިސަލް ވިދާޅުވެފައިވަނީ މިއަހަރުގެ ތެރޭގައި ރާއްޖެއަށް ދެ މިލިއަން ފަތުރުވެރިން ގެނައުމަށް ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އަންނަ ރަޝިއާ، ޔޫކޭ، ޗައިނާ އަދި ޖަރުމަނު ފަދަ ގައުމުތަކަށް ސީދާ ދަތުރުތައް ފަށާނޭކަމަށް ވިދާޅުވެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
