
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތު ދީފި
ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް އިތުރު ފުރުސަތު ދީފި
ލިޔުން:
ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރުފަޅުން އާންމުންނަށް ދޫކޮށްފައިވާ ގޯތިތައް ގުޅިފަޅަށް ބަދަލު ކުރަން މި ސަރުކާރުން ހުޅުވާލި މުއްދަތު ގެދޮރުވެރިކަމާއި، ބިމާއި އުމްރާނީ ތަރައްގީއާ ބެހޭ ވުޒާރާއިން އިތުރުކޮށްފިއެވެ.
އެ ވުޒާރާއިން ވަނީ ގިރާވަރުފަޅުން ދޫކުރި ބިމުގެ ތެރެއިން 1347 ބިމެއް ގުޅިފަޅަށް ބަދަލުކުރުމުގެ ފުރުސަތު ކުރިން ހުޅުވާލާފައެވެ.
ގިރާވަރުފަޅުން ހިއްކާ ސަރަހައްދަށް ކޮންމެހެން ބޭނުންވާ މުހިންމު ޚިދުމަތްތަކަށް އެކަށީގެންވާ ވަރަށް ބިން ނެތި، ގޯތިތައް ދޫކޮށްފައިވާތީ، މި ސަރުކާރުން ގެންދަނީ އާންމުން އަމިއްލައަށް އެދިގެން ބިން ބަދަލުކުރުމަށް ބާރުއަޅަމުންނެވެ.
ކޮންމެހެން ބޭނުންވާ ޚިދުމަތްތައް ގާއިމުކުރެވޭގޮތަށް ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭނަށް މި ސަރުކާރުން ބަދަލުތައް ގެނެސްފައިވާއިރު އެތަނުން ދޫކޮށްފައިވާ އަދަދަށް ގޯތި ނެގެން ނެތް ކަމަށް ބިމާ ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ކުރީ ސަރުކާރުން ގިރާވަރުފަޅުން ދޫކުރަން ނިންމާފައިވަނީ 5432 ގޯއްޗެވެ. ނަމަވެސް އެ އަދަދަށް އެތަނުން ގޯތި ނެގެން ނެތުމުން 1347 ގޯތި ގުޅިފަޅަށް ބަދަލުކުރުމަށް ވަނީ ނިންމާފައެވެ.
ގުޅިފަޅަށް ބަދަލު ކުރާ ގޯތިތަކުގެ ޢަދަދުތަކާއި ސައިޒު:
• 1250 އަކަފޫޓުގެ 193 ގޯތި
• 1650 އަކަފޫޓުގެ 663 ގޯތި
• 2050 އަކަފޫޓުގެ 487 ގޯތި
• 2450 އަކަފޫޓުގެ 4 ގޯތި
މި ގޯތިތައް ބަދަލުކުރުމުގެ ފުރުސަތު ބިމާ ބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ އާދިއްތަ ދުވަހުގެ ނިޔަލަށެވެ. ނަމަވެސް މުއްދަތު އިތުރު ކުރުމަށް ގިނަ ބަޔަކު އެދިފައިވާތީ އެ މުއްދަތު އަންނަ ބުރާސްފަތި ދުވަހުގެ ރޭ 11:00 އާ ހަމައަށް ވަނީ އިތުރުކޮށްފައެވެ.
ގިރާވަރުފަޅުން ގުޅިފަޅަށް ގޯތި ބަދަލުކުރަން ބޭނުންވާ މީހުންނަށް ހިޔާވަހި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށް ބިމާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ކުންފުނިތަކުން މުވައްޒަފުން ވަކިކުރަނީ އެ ފަރާތްތަކަށް މާ ރަނގަޅު ގޮތްތަށް ހޯދައިދީފަ: ފިނޭންސް މިނިސްޓަރ

މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހަކު މިލަންދޫއިން ހައްޔަރުކޮށްފި

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހި މިއަހަރުގެ މެއިމަހު ރާއްޖެއިން ފެނުނުފަހުން މިހާތަނަށް 226 މީހުންނަށް ޖެހިއްޖެ: އެޗްޕީއޭ

ވަތަނީ ޙިދުމަތުގެ ޕްރޮގްރާމް ފުރިހަމަ ކޮށްފައިވާ ފަރާތްތައްވެސް ޝަރުތުހަމަވާގޮތަށް ކަސްޓަމްސް އިން 26 ވަޒީފާ އިއުލާނުކޮށްފި

ޕޯސްޓުންގެނައި ޕާރުސަލެއްގެ ތެރެއިން 3 ކިލޯ ކެނަބިސް ފެނިއްޖެ

އެޗްއާރުސީއެމްގެ މެމްބަރު ކަމަށް އައްޔަނުކުރަން ރުހުން ހޯދުމަށް ހިއުމަންރައިޓްސްގެ ދާއިރާއިން މަތީތައުލީމު ހާސިލްކުރައްވާފައިވާ ސަމައުގެ ނަން މަޖިލީހަށް ފޮނުއްވައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
