މާލެ: 31°C

ތުނި ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ފުޅީގައި ސުޕާރީ އެތެރެކުރުން މަނާ

January 2, 2024
2 ފަހަރު ބަލާފައި
ތުނި ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ފުޅީގައި ސުޕާރީ އެތެރެކުރުން މަނާ
ތުނި ޕްލާސްޓިކް ކޮތަޅާއި، ޕްލާސްޓިކް ފުޅީގައި ސުޕާރީ އެތެރެކުރުން މަނާ
ފަންސާސް މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅާއި ޕްލާސްޓިކް ޕެކެޓް ފިޔަވައި އެހެނިހެން ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކޮށްފިއެވެ. ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ރައީސް ޑރ މުޢިއްޒު އަލުން ކަނޑައަޅުއްވާ، ގާރާރަކުން ވަނީ އެލިސްޓް ނެރުއްވާފައެވެ. މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވުޒާރާއިން ނެރުނު ބަޔާނެއްގައި ވިދާޅުވީ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް-ޔޫސް ޕްލާސްޓިކް މަދުކުރުމަށް ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން 1 ޖަނަވަރީ 2024އިން ފެށިގެން ޕްލާސްޓިކް ފުޅީގައި ސުޕާރީއާއި ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކު ކޮތަޅު ރާއްޖެއަށް އެތެރެކުރުމާއި އުފެއްދުން މަނާކޮށްފައިވާކަމަށެވެ. އަދި މި ދެ ބާވަތް ރާއްޖޭގެ ބާޒާރަށް ނެރުން މަނާވާނީ މި އަހަރުގެ ޖޫން މަހުން ފެށިގެންކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ. މީގެ އިތުރުން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން، އެތެރެކުރުމާއި އުފެއްދުން މި އަހަރުގެ އޮގަސްޓް މަހު މަނާކުރަން ނިންމާފައިވާއިރު، އެ ތަކެތި ބާޒާރަށް ނެރުން މަނާކުރަން ނިންމާފައިވަނީ މި އަހަރުގެ ނޮވެމްބަރު މަހަށްފަހުއެވެ. އަދި ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ އެތެރެކުރުމާއި އުފެއްދުން މި އަހަރުގެ ޖޫން މަހުގެ އެއްވަނަ ދުވަހުން ފެށިގެން މަނާކުރަން ވަނީ ނިންމައިފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ