ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅަނީ

ތިނަދޫގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އަޅަނީ
ލިޔުން:
ގދ.ތިނަދޫ ގައި ބައިނަލްއަގުވާމީ އެއާޕޯޓެއް އެޅުމަށް ތައިލެންޑުގެ ޕޭން ޕެސިފިކްއާ ހަވާލުކޮށްފިއެވެ.
މިކަމަށްޓަކައި ތިނަދޫ ސްކޫލުގައި ބޭއްވި ޖަލްސާގައި އެއާޕޯޓު ހެެދުމުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުﷲ މުއްތޮލިބެވެ. ޕޭން ޕެސިފިކްއާގެ ފަރާތުން ސޮއި ކުރެއްވީ އެ ސީއީއޯ ޒިރާޓް ޕެތްނުންތަވޮން އެވެ.
މި އެއްބަސްވުމުގެ ދަށުން ތިނަދޫގައި އެއާޕޯޓް އެޅުމަށް ހަމަޖެހިފައިވަނީ ފަޅުން ބައެއް ހިއްކައިގެންނެވެ.
މި އިންވެސްޓްމަންޓުގެ އަގު 500 މިލިއަން ޑޮލަރަށްވުރެ ބޮޑުވާނޭކަމަށް ސަރުކާރުން ބުނެއެވެ. އަދި މި މަޝްރޫއަށް ސަރުކާރުން އެއްވެސް ހަރަދެއް ކުރަން ނުޖެހޭނޭކަމަށްވެސް ސަރުކާރުން ބުނެއެވެ.
https://twitter.com/presidencymv/status/1760003402183127523
މި މަޝްރޫޢުއަށް ތިނަދޫފަޅޫން 50 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވައިރު، އެއާޕޯޓް ރަންވޭ ތަރައްޤީކުރާނީ އެއާބަސްގެ އެންމެ ބޮޑެތި މަތިންދާބޯޓުތަކަށް ޖެއްސޭ ގޮތަށެވެ. ތިނަދޫ އެއާޕޯޓް މަޝްރޫޢުގެ ދަށުން، ފިއުލްފާމް، ކާގޯ ސާވިސްގެ އިތުރުން ސީޕެލޭން ހަބަކާ، ފްލައިން ސްކޫލެއްވެސް ގާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
އެއްބަސްވުމާ ގުޅޭގޮތުން އިންފްރާސްޓްރަކްޗާ މިނިސްޓަރ ޑރ. އަބްދުﷲ މުއްތޮލިބް ވިދާޅުވީ ތިނަދޫގައި ފެށުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުއާއެކު އެތަނަށް ގިނަ އަދަދެއްގެ ރިސޯޓްތަކެއް އަންނާނޭކަމަށެވެ. މިގޮތުން 12 ރިސޯޓް ތަރައްޤީކުރެވޭއިރު، އެއީ 2،000 ހާހަށްވުރެ ގިނަ އެނދުކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
