މާލެ: 31°C

ތިލަފުށި އޭރިއާ "އީ" ހިއްކައި ނިމުނީމައި އުޅަނދުތައް މަރާމާތުކުރުމަށް ޖާގަ ލިބިގެންދާނެ: ފަޒުލް

January 11, 2024
3 ފަހަރު ބަލާފައި
ތިލަފުށި އޭރިއާ "އީ" ހިއްކައި ނިމުނީމައި އުޅަނދުތައް މަރާމާތުކުރުމަށް ޖާގަ ލިބިގެންދާނެ: ފަޒުލް
ތިލަފުށި އޭރިއާ "އީ" ހިއްކައި ނިމުނީމައި އުޅަނދުތައް މަރާމާތުކުރުމަށް ޖާގަ ލިބިގެންދާނެ: ފަޒުލް
ތިލަފުށިފަޅު މިހާރު ހިއްކުމަށް ކަނޑައަޅާފައިވާ ސަރަހައްދު ހިއްކައި ނިމުމުން އުޅަނދުތައް މަރާމާތު ކުރުމަށް ޖާގަ ލިބިގެންދާނޭކަމަށް އާބަންކޯގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވެއްޖެއެވެ. އާބަންކޯއިން ތިލަފުށި އިތުރަށް ބޮޑުކުރުމަށްޓަކައި އިތުރު ސަރަހައްދެއް ހިއްކުމަށް ނިންމާފައިވާއިރު، އެކުންފުނިން ވަނީ އެ ސަރަހައްދުގައި ހުރި އުޅަނދުތައް ނެގުމަށް އަންގާފައެވެ. މިކަމުގައި މިއަދު ތިލަފުށީގައި ވަނީ، އުޅަނދުތަކުގެ ވެރިންނާއި އާބަންކޯގެ އޮފިޝަލުންނާއި ދެމެދު ކޮންމެވެސް ވަރެއްގެ ދެބަސްވުމެއް ހިނގާފައެވެ. ތިލަފުށިން އަލަށް ހިއްކުމަށް ނިންމި ސަރަހައްދާއި ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އާބަންކޯގެ މެނޭޖިންގ ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ، ތިލަފުށި އޭރިއާގެ "އީ" ގެ ބިން ހިއްކުމުގެ މަސައްކަތް ނިމުމުން ބޯޓްޔާޑުގެ އިތުރުން ހިލަ/ހިލަވެލި ސަޕްލައިކުރާ ފަރާތްތަކަށް އަތިރިމަތީ ފަރާތުން ޖާގަ ހަމަޖެހިގެންދާނޭ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. https://twitter.com/FaZuLRaShYd/status/1745482711244939430 އާބަންކޯއިން ވަނީ މިއަދު ތިލަފުށި ބިން ހިއްކުމުގެ ދެވަނަ ފިޔަވަހީގެ ދަށުން އޭރިއާ އީ ހިއްކުމުގެ މަސައްކަތް ފަށާފައެވެ. މި ފިޔަވަހީގެ ދަށުން 5.9 ހެކްޓަރުގެ ސަރަހައްދެއް ހިއްކުމަށް ވަނީ ނިންމާފައެވެ. މި މަސައްކަތް ކުރިއަށްއޮތް 25 ދުވަހަށް ކުރިއަށްގެންދިއުމަށް ނިންމާފައިވާއިރު، އާބަންކޯއިން ވަނީ މި ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން މިކަމަށް ސަމާލުވުމަށް އެދިފައެވެ. https://twitter.com/hdcmaldives/status/1745466079613518249 އާބަންކޯއިން ވަނީ ތިލަފުށިފަޅުން 150 ހެކްޓަރުގެ ބިން ހިއްކުމަށް ނިންމާފައެވެ. ތިލަފުށި ބިން ހިއްކައި ބޮޑުކުރުމަށް ނިންމި މައިގަނޑު ސަބަބަކީ، މި ސަރަހައްދުގައި ސިނާއީ މަސައްކަތްތައް އިތުރު ހަރުފަތަކަށް ގެންގޮސް އިގްތިސާދީގޮތުން އިތުރަށް ފުޅާކުރުންކަމަށް ތިލަފުށީގެ ބެލެނިވެރިފަރާތް އާބަންކޯއިން ބުނެއެވެ. ތިލަފުށި ބިން ހިއްކުމުގެ މަސައްކަތް މިފަހުން ފަށާފައިވަނީ ކުރީގެ ރައީސް ސޯލިހުގެ ވެރިކަމުގައި މިދިޔަ އަހަރުގެ ސެޕްޓެމްބަރުމަހުގެ ތެރޭގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ