މާލެ: 31°C

ތަރުކާރީއާ މޭވާގެ ބާވަތްތައް މިއަދު މެންދުރުފަހުން ފެށިގެން ކުލިއާ ކޮށްދޭނެ: ކަސްޓަމްސް

March 8, 2024
2 ފަހަރު ބަލާފައި
ތަރުކާރީއާ މޭވާގެ ބާވަތްތައް މިއަދު މެންދުރުފަހުން ފެށިގެން ކުލިއާ ކޮށްދޭނެ: ކަސްޓަމްސް
ތަރުކާރީއާ މޭވާގެ ބާވަތްތައް މިއަދު މެންދުރުފަހުން ފެށިގެން ކުލިއާ ކޮށްދޭނެ: ކަސްޓަމްސް
މާލޭ ވިޔަފާރި ބަނދަރުގައި މިވަގުތު ގިނަ އަދަދެއްގެ މޭވާ އާއި ތަރުކާރީ ގެނެސްފައިހުރުމާއި ގުޅިގެން އެތަކެތި ކްލިއާ ކުރުމަށް ޕޯޓް ހެލްތު، އެމް.ޕީ.އެލް ކްލިއަރެންސް އަދި ސީކާގޯ އެގްޒެމިނޭޝަން މިއަދު މެންދުރުފަހުން ފެށިގެން ހުޅުވިފައި ހުންނާނޭކަމަށް ކަސްޓަމްސްއިން ބުނެފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ މިވަގުތު މާލޭ ކޮމާޝަލް ހާބަރުގައި ރޯދައަށް ބޭނުންވާ ތަރުކާރީ އާއި މޭވާގެ ޝިޕްމަންޓްތައް ހިފައިގެން އައިސް އޮތް 3 ބޯޓުން ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާ ބާލާފައިވާކަމަށވެ. ރަމަޟާންމަހަށް ހާއްސަކޮށް ގެނެސްފައިވާ އެތަކެތި ފަސޭހައިން ހެޔޮ އަގުގައި ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ ގޮތުން މިއަދު މެންދުރުފަހު 15:30 އިން 20:00 އަށް ސީކާގޯ އެގްޒެމިނޭޝަން އިން ޕެރިޝަބަލް މުދާދޫކުރުމުގެ ޚިދުމަތްދިނުމަށް ކޮމިޝަނަރ ޖެނެރަލް ނިންމަވާފައިވާކަމަށް ކަސްޓަމްސްއިން ބުނެއެވެ. މާލޭ ވިޔަފާރި ބަނދަރުގައި ހުރި ގިނަ އަދަދެއްގެ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އަވަހަށް ކްލިއާ ކުރުމަށް ކަސްޓަމްސްއިން ހާއްސަ އިންތިޒާމެއް ހަމަޖައްސާފައިވާއިރު، މި ފަހަކުން ވިޔަފާރި ބަނދަރުން ބޭލި ގިނަ އަދަދެއްގެ މުދާތައް ފީވެގެން އުކާލުމުގެ މައްސަލަތަކެއް ވަނީ ފެންމަތިވެފައެވެ. މިގޮތުން މިދިޔަ ދެތިން ދުވަހެއްގެ ތެރޭގައި ބާޒާރުމަތީ ފިހާރަތައް ދޮށުގައި ހަލާކުވެފައިވާ ގިނަ އަދަދެއްގެ ކަރާގެ އިތުރުން އޮރެންޖު ފިހާރަތައް ކައިރީ ފުނިޖަހާފައިހުރި މަންޒަރު ވަނީ މިނިވަންގެ ނޫސްވެރިންނަށް ފެނިފައެވެ. [caption id="attachment_98983" align="alignnone" width="800"] ބާޒާރުމަތީ ފިހާރައަކުން އުކާލަން ނެރެފައިހުރި އޮރެންޖު ކޭސްތަކެއް... ފޮޓޯ/ މިނިވަން[/caption] ކޮންމެ އަހަރެއްގެވެސް ރަމަޟާންމަހާ ދިމާކޮށް ރާއްޖެއަށް އެތެރެކުރާ ތަރުކާރީއާ މޭވާގެ ބާވަތްތައް އިތުރުވާއިރު، މީގެ ތެރޭގައި ކަރާ އަދި ފަނިގިރުމަށް ބޭނުންކުރާ މޭވާގެ ބާވަތްތައް ހިމެނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ