މާލެ: 31°C

ޓެކްނިކަލް މައްސަލައެއްގައި މޯލްޑިވިއަންގެ ޓިކެޓްތައް އަގުބޮޑުވެއްޖެ

February 1, 2025
231 ފަހަރު ބަލާފައި
ޓެކްނިކަލް މައްސަލައެއްގައި މޯލްޑިވިއަންގެ ޓިކެޓްތައް އަގުބޮޑުވެއްޖެ
ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓް ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް މިއަދު ދިމާވެއްޖެ އެވެ.

ގައުމީ އެއާލައިން، މޯލްޑިވިއަންގެ ޓިކެޓް ބުކިން ސިސްޓަމަށް ޓެކްނިކަލް މައްސަލައެއް މިއަދު ދިމާވެއްޖެ އެވެ.

މޯލްޑިވިއަންގެ އެތެރޭގެ އުދުހުންތަކުގެ ޓިކެޓުގެ އަގުތައް ބޮޑުކޮށްފި ކަމަށް ބުނެ ވެބްސައިޓުން މިހާރު ދައްކާ އަގުތައް ފެންނަ ސްކްރީން ޝޮޓްތަކެއް ސޯޝަލް މީޑިއާގައި ދައުރުއެބަވެ އެވެ.

ސައިޓުން ދައްކާ ގޮތުން މޯލްޑިވިއަނުން އާއްމުކޮށް ކުރާ ދަތުރުތަކުގެ ޓިކެޓް އަގުތައް ވަނީ މައްޗަށް ޖެހިލާފަ އެވެ.

މޯލްޑިވިއަންގެ "އެކްސް" އެކައުންޓުން ކުރި ޕޯސްޓެއްގައި ވަނީ ބުކިން ސިސްޓަމުގައި ޓެކްނިކަލް މައްސަލައެއް ދިމާވެގެން އުޅޭކަން ޔަގީންކޮށްދީފަ އެވެ.

މި މައްސަލަ ވީހާވެސް އަވަހަކަށް ހައްލުކުރުމުގެ މަސައްކަތް އެބަކުރަން" މޯލްޑިވިއަނުން ބުންޏެވެ.

އަދި ބުނީ މައްސަލަ ހައްލުވަންދެން 1671 އަށް ނުވަތަ cc@iasl.aero. މެއިލްކޮށްގެން ޓިކެޓް ބުކްކުރެވޭނެ ކަމަށެވެ.

މޯލްޑިވިއަންގެ އޮޕަރޭޝަންތައް ފުޅާކުރުމަށް މަސައްކަތްތަކެއް އެބަކުރެ އެވެ. މި ފަހުން މޯލްޑިވިއަންގެ ވައިޑް ބޯޑު އެއާކްރާފްޓެއް ގެނެސް ޗައިނާއަށް ދަތުރުތައް ފަށާފައިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި ޔޫރަޕްގެ ގައުމުތަކަށްވެސް ދަތުރުތައް ފެށުމަށް ގައުމީ އެއާލައިނުން އަމާޒު ހިފާފައިވެ އެވެ.

އިތުރު އެއާ ކްރާފްޓެއްވެސް ގެންނަން ނިންމާފައިވާ ކަމަށް މޯލްޑިވިއަނުން ވަނީ ބުނެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ