މާލެ: 31°C

ދެވަނަ ޝިޕްމަންޓް ގެނެސް އެސްޓިއޯއިން އަގުހެކޮށް ކާށި ވިއްކަން ފަށައިފި

March 4, 2025
381 ފަހަރު ބަލާފައި
ދެވަނަ ޝިޕްމަންޓް ގެނެސް އެސްޓިއޯއިން އަގުހެކޮށް ކާށި ވިއްކަން ފަށައިފި
ބާޒާރުގައި ކާށީގެ އަގު އުފުލިފައިވަނިކޮށް ރޯދަޔަށް ހާއްސަކޮށް އެސްޓީއޯއިން ކާށީގެ 2 ވަނަ ޝިޕްމަންޓް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

ބާޒާރުގައި ކާށީގެ އަގު އުފުލިފައިވަނިކޮށް ރޯދަޔަށް ހާއްސަކޮށް އެސްޓީއޯއިން ކާށީގެ 2 ވަނަ ޝިޕްމަންޓް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށައިފި އެވެ.

ރަމަޟާން މަހު ކެއުމުގައި އާންމުކޮށް ބޭނުންކުރާ ބާވަތްތަކުގެ ބާޒާރުގެ އަގުތަަށް ހެޔޮ އަގުތަކުގައި ހިފެހެއްޓުމަށްޓަކައި ރޯދަމަހަށް ހާއްސަކޮށް 24 ބާވަތެއްގެ ކާބޯތަކެތި ބާޒާރަށް ގެނެސް ކޮންޓްރޯލް އަގުތަކެއްގައި ވިއްކަމުންދާތީ މި ރޯދަމަހު ބާޒާރުގެ ތަކެތީގެ އަގު އެއް ހަމައެއްގައިވަނީ ހިފެހެއްޓިފައެވެ.

އެސްޓީއޯއިން ކުރަމުން އަންނަ މަސައްކަތުގެ ތެރެއިން، އިންޑިއާއިން ކާށީގެ ދެވަނަ ޝިޕްމަންޓް ގެނެސް މިއަދު ވަނީ ވިއްކަން ފަށައިފިއެވެ. ކާއްޓަކީ ކޮންމެ އަހަރެއްގައި ވެސް ރަމަޟާން މަހު އަގު މައްޗަށްދާ ބާވަތެކެވެ. އެހެންކަމުން ރައްޔިތުންނަށް އަގުހެޔޮކޮށް ކާށި ލިބޭނޭ އިންތިޒާމް ހަމަޖެއްސުމަށްޓަކައި އެސްޓީއޯއިން ވަނީ، ރަމަޟާން މަސް ފެށުމުގެ ކުރިން ކާށީގެ ޝިޕްމަންޓެއް ގެނެސް އަގުހެޔޮކޮށް ވިއްކަން ފަށާފައެވެ. އިންޑިއާއިން އެތެރެކުރި ފުރަތަމަ ބެޗުގެ ކާށި އޭރު އެސްޓީއޯއިން ވިއްކާފައިވަނީ 5 ރުފިޔާ އަށް ކާއްޓެއްގެ ރޭޓުންނެވެ.

އިންޑިއާއިން ރާއްޖެ ގެނައި ކާށީގެ ދެވަނަ ޝިޕްމަންޓް މިހާރު އެސްޓީއޯ ޕީޕަލް ޗޮއިސްއިން އިން ވިއްކަމުންދަނީ ކާށި ކިލޯއެއް 20 ރުފިޔާގެ މަގުންނެވެ. ވުމާއެކު ވަކިން ކާޓެއްގެ އަގު އުޅެނީ ގާތްގަނޑަކަށް 7 ރުފިޔާއާއި 9 ރުފިޔާއާ ދެމެދުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ