މާލެ: 31°C

އެސްޓީއޯއިން ހުޅުމާލެ ފޭސް ދޭއް ގައި "ރޯދަ މާޓް" ހުޅުވައިފި

March 18, 2023
2 ފަހަރު ބަލާފައި
އެސްޓީއޯއިން ހުޅުމާލެ ފޭސް ދޭއް ގައި "ރޯދަ މާޓް" ހުޅުވައިފި
އެސްޓީއޯއިން ހުޅުމާލެ ފޭސް ދޭއް ގައި "ރޯދަ މާޓް" ހުޅުވައިފި
ރޯދަމަހަށް ހާއްސަކޮށް ހުޅުމާލެ ފޭސް 2 ގައި އެސްޓީއޯ އިން "ރޯދަ މާޓް" އެއް ހުޅުވައިފި އެވެ. އިއްޔެ ހަވީރު ބޭއްވި ރަސްމިޔާތެއްގައި ރޯދަ މާޓް ހުޅުވައިދެއްވީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރ ހުސެން އަމްރު އާއި ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ގެ މެނޭޖިންް ޑިރެކްޓަރ އަހުމަދު އާތިފް އެވެ. ހުޅުމާލޭ ފޭސް 2 ވިނަރެސް ފްލެޓް-9 ގެ ތިރީގައި ހުޅުވި އެ ފިހާރައިން މިރޯދަމަހައް ބޭނުންވާ މުދަލާއި އަދި ހާއްސަކޮށް ރާއްޖޭގެ ދަނޑުވެރިން ހައްދާ ތަރުކާރީފަދަ ބާވަތްތައް  ކޮންމެ ދުވަހަކު ތަޒާކަންމަތީ ލިބޭނެ ކަމަށް އެއްޓީއޯއިން ބުންޏެވެ. އަދި ހަމަ އެއާއެކު އެސްޓީއޯގެ ޕާޓްނަރުން ގެ އެންމެ ރަންގަޅައް ހިންގާ ހުރިހާ މުދަލެއް މިމާޓުން ލިބެން ހުންނާނެ އެވެ. މީގެ އިތުރުން މި މާޓުން ހޯލްސޭލް ކޮށް އަދި ރީޓެއިލް ކޮށް މުދާ ލިބޭނެ އެވެ. އެސްޓީއޯއިން ބުނިގޮތުގައި މި މާޓުން ކާޑުގެ ބާވަތްތަކާއި ފިޔާ، އިލުވި، ބިސް އަދި މިނޫންވެސް ރޯދަމަހައް ބޭނުންވާ މުދާ އަގުހެޔޮކޮށް ލިބެން ހުންނާނެ ކަމަށެވެ. މިއަދުން ފެށިގެން އެސްޓީއޯ ރޯދަ މާޓް ރަސްމީކޮށް ހުޅުވާފައި ހުންނާނެ އެވެ. އަދި ރޯދަމަހު އެ މާޓުގެ ކުރިމަތިން ސްޓޯލްތަކެއް ބެހެއްޓި ސްޓޯލް ތަކުން ރޯދަ ވީއްލުމަށް އާއްމުން ރައްޔާރުކުރާ ހެދިކާ ފަދަ ތަކެތި ލިބެން ހުންނާނެ ކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ. އެ ސްޓޯލް ތަކުގައި ހެދިކާ ވިއްކަން ބޭނުންވާ ފަރާތްތަކުން އެސްޓީއޯއަށް ގުޅުމުން އެކަމާ ގުޅޭ މައުލޫމާތު ލިބޭނެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ