މާލެ: 31°C

އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

March 17, 2024
2 ފަހަރު ބަލާފައި
އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
އެސްޓީއޯގެ ބޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
ސަރުކާރާއި ރައްޔިތުން ހިއްސާވާ ކުންފުނި، ސްޓޭޓް ޓްރޭޑިން އޮގަނައިޒޭޝަން (އެސްޓީއޯ)ގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރުމަށް ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ޑިރެކްޓަރުކަމަށް ކުރިމަތިލުމަށް ހުޅުވާލި އާއްމު އިއުލާނުގައި ބުނެފައިވަނީ، ބޯޑަށް ކުރިމަތިލާ ފަރާތްތަކަކީ ވިޔަފާރިއާ ހިންގުމުގެ ދާއިރާއިން އެކަށީގެންވާ ތައުލީމާއި ތަޖުރިބާ ލިބިފައިވާ ފަރާތްތަކަކަށް ވުމަކީ ކުންފުނިން ބާރުއަޅާ ކަމެއް ކަމަށެވެ. ހަމަ އެއާއެކު ކެޕިޓަލް މާކެޓް ޑިވަލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަރނަންސްކޯޑުގައި ބާރުއަޅާފަދައިން ކުންފުނީގެ ބޯޑަށް ވީހާވެސްގިނަ ކަނބަލުން ޝައުގުވެރިކަން ފާޅުކުރުމަށް އެދޭކަމަށްވެސް ބުނެފައި ވެއވެެ. އެސްޓީއޯއިން ވަނީ އާއްމު ހިއްސާދާރުން ތަމްސީލުކުރުމަށް، ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންވާ ޝަރުތުތައް ބަޔާންކޮށްފައެވެ. ބޯޑް ޑިރެކްޓަރަކަށް ކުރިމަތިލާ ފަރާތްތަކުގެ ހުންނަންޖެހޭ ބައެއް ޝަރުތުތައް:
  • ކުންފުނީގެ ހިއްސާދާރަކަށްވުން/ ނުވަތަ ހިއްސާދާރުންގެ ގޮތުގައި ހިމެނޭ ކުންފުންޏަކުން ނޮމިނޭޓްކުރާ ފަރާތަކަށްވުން
  • ދިވެހި ރައްޔިތަކު ކަމުގައިވުން
  • މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ގަބޫލުކުރާ ޔުނިވަރސިޓީއަކުން ވިޔަފާރިއާ ގުޅުންހުރި ދާއިރާއަކުން ދަށްވެގެން ފުރަތަމަ ޑިގްރީ ފެންވަރުގެ ސަނަދަކާއެކު 5 އަހަރުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ ޑިޕްލޮމާ ފެންވަރުގެ ސަނަދަކާއެކު 10 އަހަރުގެ ތަޖުރިބާ ލިބިފައިވުން.
  • ހިއްސާގެ ބާޒާރުގައި ލިސްޓްކޮށްފައިވާ ކުންފުނިތަކުގެ ތެރެއިން 1 ކުންފުންޏަށްވުރެ އިތުރު ކުންފުންޏެއްގެ ބޯޑު ޑިރެކްޓަރަކަށް ނުވުން.
އެސްޓީއޯގެ ބޯޑަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކުން، އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމް އަދި ފޯމާ އެކު ހުށަހަޅަން ޖެހޭ ޑޮކިއުމަންޓްތައް ފުރިހަމަކުރުމަށްފަހު cs@sto.mv އަށް އީމެއިލްކުރެވޭނެ އެވެ. އެސްޓީއޯއިން ބުނީ، ޑިރެކްޓަރުކަމަށް ކުރިމަތިލުމުގެ ފަހު ތާރީހަކީ އޭޕްރިލް 8 ވާ ހޯމަ ދުވަހުގެ ހެނދުނު 14:00 ކަމަށެެވެ. އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުގައި އާއްމު ހިއްސާދާރުން ތަމްސީލުކުރާ އެއް ޑިރެކްޓަރަކު ހުންނައިރު، ސަރުކާރު ނުވަތަ މައި ހިއްސާދާރުންގެ ފަރާތުން ތަމްސީލްކުރާ 6 ޑިރެކްޓަރުން ތިބެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ