އެސްޓީއޯއަށް ލިބެންޖެހި، 5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި

އެސްޓީއޯއަށް ލިބެންޖެހި، 5 ބިލިއަނަށް ވުރެ ގިނަ ރުފިޔާ ނުލިބި
ލިޔުން:
މިދިޔަ އަހަރު ނިމުނުއިރު، ސަރުކާރާއި ރައްޔިތުން ހިއްސާވާ ވިޔަފާރި ކުންފުނި، އެސްޓީއޯއަށް ލިބެންޖެހޭ ފައިސާގެ އަދަދު 5 ބިލިއަން ރުފިޔާއަށްވުރެ އިތުރުކަމަށް އެކުންފުނީގެ މާލީ ބަޔާނުން ދައްކައިފިއެވެ.
އެސްޓީއޯއިން ނެރެފައިވާ އެކުންފުނީގެ މިދިޔަ އަހަރުގެ މާލީ ބަޔާނަށް ބަލާއިރު އެއަހަރުގެ ނިޔަލަށް އެކި ފަރާތްތަކުގެ އަތުން ލިބެންޖެހޭ ފައިސާގެ ގޮތުގައި 5.4 ބިލިއަން ރުފިޔާ ލިބެންޖެހެއެވެ.
ސަރުކާރުގެ ވިޔަފާރި ކުންފުނިތަކުން އެސްޓީއޯއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ހުރިއިރު، މީގެ ތެރެއިން އެންމެ ބޮޑު އަދަދެއް އެކުންފުންޏަށް ދައްކަންޖެހެނީ ފެނަކަ އެވެ. ފެނަކައިން އެސްޓީއޯއަށް ދައްކަންޖެހޭ ފައިސާގެ އަދަދު ދެ ބިލިއަން ރުފިޔާއަށް އަރައެވެ.
ފެނަކައިގެ އިތުރުން، މިފްކޯ، އާސަންދަ ކުންފުނި، އައިޖީއެމްއެޗް، ސްޓެލްކޯ އަދި ސަރުކާރުގެ ގިނަ އިދާރާތަކަކުން އެސްޓީއޯއަށް ދައްކަންޖެހޭ ގިނަ އަދަދެއްގެ ފައިސާ އެބަހުއްޓެވެ.
އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީ ބަޔާނަށް ބަލާއިރު، 2022 ވަނަ އަހަރަށްވުރެ އެއަހަރު އެސްޓީއޯއަށް ލިބުނު އާމްދަނީގެ އަދަދު ދަށްވިނަމަވެސް މިދިޔަ އަހަރު ހޯދި ފައިދާގެ އަދަދު އިތުރެވެ. މިދިޔަ އަހަރު އެސްޓީއޯއަށް އާމްދަނީގެ ގޮތުގައި 16.3 ބިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ކުރީއަހަރު އާމްދަނީގެ ގޮތުގައި 18.2 ބިލިއަން ރުފިޔާ ލިބުނެވެ.
މިދިޔަ އަހަރު އެސްޓީއޯއަށް ފައިދާގެ ގޮތުގައި 819 މިލިއަން ރުފިޔާ ލިބިފައިވާއިރު، އޭގެ ކުރީއަހަރު ފައިދާއަކީ 728 މިލިއަން ރުފިޔާއެވެ. އެސްޓީއޯގެ މިދިޔަ އަހަރުގެ މާލީބަޔާނަށް ބަލާއިރު، އެއަހަރު ފައިދާ އިތުރުވި މައިގަނޑު ސަބަބަކީ މުދާ ވިއްކުމަށް ކުރި ހަރަދު ކުޑަވުމެވެ. އެސްޓީއޯއިން 2022 ވަނަ އަހަރު މުދާ ވިއްކުމުގެ ހަރަދު 16 ބިލިއަން ރުފިޔާގައި ހުރިއިރު، މިދިޔަ އަހަރު އެ އަދަދު ހުރީ 13.6 ބިލިއަން ރުފިޔާގައެވެ.
މުދާ ވިއްކުމަށް ކުރި ހަރަދު ދަށްވިނަމަވެސް މިދިޔަ އަހަރު އެކުންފުނީގެ އިދާރީ ހަރަދުތައް ވަނީ އެއް ބިލިއަން ރުފިޔާ ފަހަނަ އަޅައި ގޮސްފައެވެ.
މިދިޔަ އަހަރު ނިމުނުއިރު އެސްޓީއޯގެ ޖެނެރަލް ރިޒާވް ވަނީ 1.2 ބިލިއަން ރުފިޔާއަށް އިތުރުވެފައެވެ. މިދިޔަ އަހަރުގެ ކުރީ އަހަރު މިއަދަދު ހުރީ 1.1 ބިލިއަން ރުފިޔާގައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
