މާލެ: 31°C

ސްޓެލްކޯގެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ ޖެނުއަރީގައި: ޝަރީފް

June 20, 2022
48 ފަހަރު ބަލާފައި
ސްޓެލްކޯގެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ ޖެނުއަރީގައި: ޝަރީފް
ސްޓެލްކޯގެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ ޖެނުއަރީގައި: ޝަރީފް
ކުރީގެ ރައީސް ޔާމީން ސަރުކާރުގައި ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ކުުރިއަށް ގެންދިޔަ ހިޔާ މަޝްރުއޫގެ ދަށުން ގާއިމްކޮށްފައިވާ ސްޓެލްކޯޯގެ ފްލެޓްތަކުން ކުލި ނަގަން ފަށާނީ އަންނަ އަހަރު ކަމަށް އެކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ. ސްޓެލްކޯގެ 25 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް ރޭ ބޭއްވި ޖަލްސާގައި ޝަރީފް ވިދާޅުވީ، ފްލެޓްތަކުގެ މަސައްކަތް ޕްލޭނާ އެއްގޮތަށް ނިމިއްޖެނަމަ އަންނަ މަހުގެ ފަހުކޮޅު މުވައްޒަފުންގެ ފްލެޓްތަކަށް ވަދެވޭވަރު ވާނެ ކަމަށެވެ. ޝަރީފް ވިދާޅުވީ، ބައެއް މުވައްޒަފުންނަށް ޑައުން ޕޭމަންޓް ދެއްކުމުގައި އަދިވެސް ދަތިތަކެއް ހުރުމުން ފްލެޓުތަކުގެ ކުލި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ނަގާ ގޮތަށް ނިންމާފައިވާ ކަމަށެވެ. "މެނޭޖްމަންޓުން ސްޓާފުންނަށް ލުއި ހޯދައިދިނުމަށް ތިބޭފުޅުންނަށް ފްލެޓުތަކަށް ވަނުމަށް އަޅުގަނޑުމެން ގްރޭސްޕީރިއަޑެއް އެބަދެން. އޭގެ މާނައަކީ އަޅުގަނޑުމެން ކުލި ނަގަން ފަށާނީ ޖެނިއަރީ 1 އިން ފެށިގެންނޭ." ޝަރީފް ވިދާޅުވިއެވެ. ޝަރީފް އިތުރަށް ވިދާޅުވީ، ވަޒީފާގެ ކުރިއެރުން ނުލިބި ތިބި 420 މުވައްޒަފަކަށް މިމަހުގެ 16 ވަނަ ދުވަހުން ފެށިގެން ވަޒީފާގެ ކުރިއެރުން ދިނުމަށް ނިންމާފައިވާކަމާއި ކުންފުނީގެ ރައުސުލްމާލަކީ ކުންފުނީގެ މުވައްޒަފުން ކަމަށެވެ. ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އިމާރާތްކުރަން ފެށި ސްޓެލްކޯގެ ފްލެޓްތަކުގެ ދެ ޓަވަރުގައި 360 ފްލެޓް ހަދާފައިވާ އިރު، އެތަނުގެ 95 ޕަސެންޓް މަސައްކަތް ވަނީ ނިމިފައެވެ. ސްޓެލްކޯގެ ފްލެޓްތަކުގެ ހިމެނެނީ އެއް ކޮޓަރީގެ 72 އެޕާޓްމަންޓާއި ދެ ކޮޓަރި އާއި މެއިޑް ރޫމް ހިމެނޭ (1+2) 288 އެޕާޓްމަންޓްތަކެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ