މާލެ: 31°C

އެސްއެމްއީ ހަބް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ގާއިމްކިރަނީ

May 31, 2023
2 ފަހަރު ބަލާފައި
އެސްއެމްއީ ހަބް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ގާއިމްކިރަނީ
އެސްއެމްއީ ހަބް ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް ގާއިމްކިރަނީ
އެސްއެމްއީ ހަބެއް ރާއްޖޭގެ އުތުރާއި ދެކުނުގައި ތަރައްޤީކުރުމުގެ މަސައްކަތް ކުރަމުންދާކަމަށް ބިޒްނަސް ސެންޓަރ ކޯޕަރޭޝަން (ބީސީސީ) އިން ބުނެފިއެވެ. އެސްއެމްއީ ހަބަކީ ރާއްޖޭގައި މީގެކުރިން ނެތް ތަފާތު ކޮންސެޕްޓެއް ކަމަށްވާއިރު، މި ހަބުގެ އެންމެ މުހިންމު އެއް ބޭނުމަކީ ކުދި ވިޔަފާރިތަކާއި މެދު ފަންތީގެ ވިޔަފާރިތަކަށް ފުރުސަތުތައް ފަހިކޮށްދީ އެމީހުންގެ އުފެއްދުންތަކަށް މާކެޓް ހޯދައިދީ އެ ވިޔަފާރިތައް އެހެން ހަރުފަތަކަށް ގެންދިއުމެވެ. މާލޭގައި ބީސީސީއިން މިހާރު ދަނީ ކާމިޔާބުކަމާއެކު އެސްއެމްއީ ހަބެއް ހިންގަމުންނެވެ. މިދިޔަ ޑިސެމްބަރުމަހުގެ 15 ވަނަ ދުވަހު ރަސްމީކޮށް ހުޅުވާފައިވާ އެސްއެމްއީ ހަބުގައި ތަފާތު ގިނަ ވިޔަފާރިތަކަކަށް ވަނީ ވިޔަފާރިކުރުމުގެ ފުރުސަތު ފަހިކޮށްދީފައެވެ. ޖުމްލަ ދެ ފަންގިފިލާ ހިމެނޭ މި ހަބްގެ އެންމެ ތިރީގައި ހުންނާނީ ކެފޭއަކާއި، ގަހާއި، ދިވެހި ލިޔުންތެރިންގެ ފޮތްތައް ވިއްކާ ތަންތަނެވެ. އަދި އެންމެ ފުރަތަމަ ފަންގިފިލާ ހާއްސަކޮށްފައި ވަނީ ކާބޯތަކެތި ތައްޔާރުކުރާ ފަރާތްތަކަށެވެ. މިފަންގިލާގައި ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައިވާ 19 ކިއޮސްކް ހުރިއިރު، އެތަންތަނުގައި ދިވެހި ވިޔަފާރިވެރިން ދަނީ ހަރަކާތްތެރިވަމުންނެވެ.

މިހާރު އަންނަނީ ދެވަނަ ވަނަ ފަންގިފިލާ ހުޅުވުމަށް ތައްޔާރުވަމުންނެވެ. އަންނައުނާއި، ސިނަމާއަކާއި، ސެލޫނެއްގެ އިތުރުން ގޭމިން އޭރިއާއެއް ހުންނަހެން  ތައްޔާރުކުރާ ދެވަނަ ފަންގިފިލާގައި ވިޔަފާރިކުރަން ބޭނުންވާ ފަރާތްތަކަށްވެސް މިހާރު ވަނީ ފުރުސަތު ހުޅުވާލާފައެވެ.

ބީސީސީ އިން ބުނީ މާލޭގެ އިތުރުން ރާއްޖޭގެ 2 ސަރަހައްދެއްގައި އެސްއެމްއީ ހަބެއް ހުޅުވުމުގެ ބޭނުމަކީ އެ ސަރަހައްދުތަކުގައި އުޅޭ ވިޔަފާރިތަކަށް ފަހި ފުރުސަތުތަކެއް ހޯދައިދީ އެމީހުންގެ ވިޔަފާރި ކުރިއެރުވުންމަށް އެހީތެރިވެދިނުމަށް ކަމަށެވެ.

ރާއްޖޭގެ އުތުރާއި ދެކުނުގައި ބީސީސީއިން ހުޅުވުމަށް ތައްޔާރުވަމުން އަންނަނ އެސްއެމްއީ ހަބްވެސް ހުންނާނީ މާލެއާއި ދާދި އެއްގޮތަކަށެވެ. މި 2 ސަރަހައްދުގައިވެސް ވިޔަފާރިތަކަށް ފުރުސަތުދޭއިރު މާލެއެކޭ އެއްގޮތަށް ސިނަމާއެއްވެސް ހުންނާނެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ