މާލެ: 31°C

ސިކްސް ސެންސެސް ލާމް ރިސޯޓްގެ ޖީއެމްއަަށް ރިސޯޓްގައި ހަމަލާދީ ޒަހަމްކޮށްލައިފި

February 3, 2025
4177 ފަހަރު ބަލާފައި
ސިކްސް ސެންސެސް ލާމް ރިސޯޓްގެ ޖީއެމްއަަށް ރިސޯޓްގައި ހަމަލާދީ ޒަހަމްކޮށްލައިފި
ސިކްސް ސެންސެސް ލާމް ރިސޯޓްގެ ޖެނެރަލް މެނޭޖަރަށް ރިސޯޓްގައި ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. 

ސިކްސް ސެންސެސް ލާމް ރިސޯޓްގެ ޖެނެރަލް މެނޭޖަރަށް ރިސޯޓްގައި ބަޔަކު ހަމަލާދީ ޒަހަމްކޮށްލައިފިއެވެ. 

އިތުބާރުހުރި މަސްދަރުތަކުން މިނިވަންއަށް ކަށަވަރުކޮށްދިން ގޮތުގައި މާޓިން ނަމަކަށް ކިޔާ ޔޫރަޕްގެ ގައުމަކަށް ނިސްބަތްވާ ޖީއެމްއަށް މިރޭ ހަމަލާދިނީ މޫނު ނިވާކޮށްގެން ތިބި ތިން މީހެކެވެ. 

"ސްޓާފް ކްއާޓަރ ކައިރިން ޖީއެމް ކޮޓަރިއާ ދިމާއަށް ހިނގާފައި ދަނިކޮށް މޫނު ނިވާކޮށްގެން ތިބި ތިން މީހަކު ކުއްލި އަކަށް ދަނޑިބުރިން ހަމަލާދީ ވަރަށް ބޮޑަށް ޒަހަމްކޮށްލާފައި އޮތީ. ބޯވެސް ވަރަށް ބޮޑަށް އޮތީ ފަޅާލާފައި،" ހާދިސާގެ ކަންކަން އެނގޭ މީހަކު މި ނޫހަށް ކިޔައިދިނެވެ. "ޖީއެމްއަށް މިހާރު ގަމު ރީޖަނަލް ހޮސްޕިޓަލުން ފަރުވާ ދެމުން އެބަ ގެންދޭ. މައްސަލަ ތަހުގީގު ކުރުމަށް ފުލުހުން ރިސޯޓުގައި އެބަ ހަރަކާތްތެރިވޭ."

ލާމުގައި ހިންގާ މަތީ ފަންތީގެ ރިސޯޓުގެ ޖީއެމްއަށް ހަމަލާދިން ބަޔަކު އަދި ހޯދިފައެއް ނުވެއެވެ. އަދި ހަމަލާދިން ސަބަބެއްވެސް ނޭނގެއެވެ. 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ