ޝީން ގެ ބައެއް އުފެއްދުންތަކުގައި ދަރިމައިވުމަށް ހުރަސްއަޅާ ވިހަ މާއްދާތައް ނުރައްކާތެރި މިންވަރަށް އެކުލެވޭ

ޝީން ގެ ބައެއް އުފެއްދުންތަކުގައި ދަރިމައިވުމަށް ހުރަސްއަޅާ ވިހަ މާއްދާތައް ނުރައްކާތެރި މިންވަރަށް އެކުލެވޭ
ލިޔުން:
ދިވެހިންގެ ތެރޭގައި މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ޝީން ބްރޭންޑްގެ އުފެއްދުންތަކުގައި ކެންސަރަށް މަގުފަހިވާ ކާސިނޯޖިންގ އާއި ދަރިމައިވުމަށް ހުރަސްއަޅާ މިންވަރަށް ފަލޭޓްސް ކެމިކަލް އެކުލެވޭކަން ސައުތު ކޮރެއާގެ ކަމާބެހޭ އިދާރާތަކުން ހެދި ޓެސްޓްތަކުން ދައްކައިފިއެވެ.
ދުނިޔޭގެ މަޝްހޫރު އޮންލައިން ޝޮޕިން ކުންފުނިތަކުން ވިއްކާ އަންހެނުންގެ ސާމާނުތަކުގައި ވިހަ މާއްދާތައް އިންސާނުންނަށް ހުއްދަ މިންވަރަށް ވުރެ އެތައް ސަތޭކަ ގުނަ މައްޗަށް ހުރި ކަމަށް ސައުތުކޮރެއާގެ ކަމާބެހޭ އިދާރާތަކުން ބުނެފައިވެއެވެ.
ޝީން، ޓެމޫ އަދި އަލީއެކްސްޕްރެސް ފަދަ ޗައިނާގެ ބޮޑެތި އޮންލައިން ޝޮޕިންގ ޕްލެޓްފޯމްތަކުގެ މަގުބޫލުކަން ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ވަރަށްބޮޑަށް މައްޗަށް ގޮސްފައިވާއިރު، އެ ކުންފުނި ތަކުން ދަނީ ވަރަށް ކުޑަ އަގެއްގައި ޒަމާނީ ހެދުންތަކާއި އެހެނިހެން ސާމާނު އުފައްދައި ވިއްކަމުންނެވެ.
ޔޫރަޕިއަން ޔޫނިއަން އާއި ދެކުނުކޮރެއާ ފަދަ ގައުމުތަކުގެ ވިޔަފާރީގެ އުސޫލުތަކާއި ރައްކާތެރިކަމުގެ މިންގަނޑުތައް ވަރށްބޮޑަށް ހަރުކަށިކޮށްފައިވާއިރު، ދެކުނު ކޮރެއާގެ އޮފިޝަލުން އަންނަނީ އޮންލައިން ޕްލެޓްފޯމްތަކުން ވިއްކާ ތަކެތި ކޮންމެ ހަފުތާއަކު އިންސްޕެކްޓް ކުރަމުންނެވެ.
އެންމެ ފަހުގެ އިންސްޕެކްޝަންގައި ޝީން އާއި އަލީއެކްސްޕްރެސް އަދި ޓެމޫގެ 144 ޕްރޮޑަކްޓްތައް ޓެސްޓުކުރިއިރު އެ ކުންފުނިތަކުގެ ގިނަ ޕްރޮޑަކްޓްތަކެއް ގާނޫނީ މިންގަނޑުތަކަށް ނުފެތޭ ކަމަށް ބުނެފައިވެއެވެ.
އެގޮތުން ޝީންގެ ބޫޓުތަކުގައި ޕްލާސްޓިކް ފްލެކްސިބަލް ކުރުމަށް ބޭނުންކުރާ ކެމިކަލް ކަމަށްވާ ފަލޭޓްސް ކެމިކަލް އެ ގައުމުގެ ގާނޫނު ހުއްދަކުރާ މިންވަރަށްވުރެ 229 ގުނަ އިތުރަށް ބޭނުންކޮށްފައިވާކަމަށް ބުނެފައިވެއެވެ.
ދެކުނު ކޮރެއާގެ ސިއްހަތާބެހޭ އޮފިޝަލަކު އޭއެފްޕީ ނޫހަށް ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ ފަލޭޓް ބޭސްޑް ޕްލާސްޓިކުގެ ސަބަބުން ދަރިމައިވުމަށް ބޭނުންވާ ސްޕާމް ކައުންޓް މަދުކުރުމާއި ދުވަސް ނުފުރާ ވިހެއުންފަދަ ދަރިމައިވުމަށް ހުރަސްއެޅޭ މައްސަލަތައް މެދުވެރިވާނެ ކަމަށެވެ. އަދި އެ ކެމިކަލަކީ "އިންޓަނޭޝަނަލް ކެންސަރ އިންސްޓިޓިއުޓުން އިންސާނުންގެ ހަށިގަނޑަށް ވިހައެއެއްގެ ގޮތުގައި ގިންތިކޮށްފައިވާ ކެމިކަލްއެއް ކަމުން އިންސާނާގެ ހަށިގަނޑުގައި ޖެހޭގޮތަށް އެފަދަ މާއްދާއެއް އެކުލެވޭ ބާވަތެއް ބޭނުންނުކުރުމަށް ސަމާލުކަން ދޭންޖެހޭކަމަށްވެސް ވުނެފައިވެއެވެ.
އަދި ޝީން ގެ ކެޕްތަކުން ފޯމަލްޑިހައިޑް ކެމިކަލްވެސް ހުއްދަ ނޫން މިންވަރަށް ބޭނުންކޮށްފައިވާކަން ފާހަގަކޮށްފައިވާއިރު ޝީންގެ ނެއިލް ޕޮލިޝް ގެ ދެ ފުޅީގައި ޑައިއޮކްސެން (އިންސާނުންގެ ލިވާ ވިހަވުމަށް މަގުފަހިކޮށްދޭ މާއްދާއެއް) ހުއްދަ ދީފައިވާ މިންވަރަށް ވުރެ 3.6 ގުނަ އަށް ވުރެ މަތީ މިންވަރެއްގައި ހުރިއިރު މެތަނޯލް ކޮންސެންޓްރޭޝަން ވެސް ހުއްދަ މިންވަރަށް ވުރެ 1.4 ގުނަ މައްޗަށް ހުރިކަން ވަނީ ފާހަގަކުރެވިފައެވެ.
އެކަމާ ގުޅިގެން ޝީން އިން އޭއެފްޕީއަށް ދީފައިވާ މައުލޫމާތުގައި ޝީން އިން ބުނެފައިވަނީ ޝީން އިން ޕްރޮޑަކްޓް ޓެސްޓިން މަސައްކަތްކުރަނީ ބައިނަލްއަގްވާމީ ތާޑް ޕާޓީ ޓެސްޓިން އެޖެންސީތަކާ ގުޅިގެން ކަމަށާއި، ސަޕްލަޔަރުން ފޯރުކޮށްދޭ ޕްރޮޑަކްޓްތައް ޝީންގެ ޕްރޮޑަކްޓް ސޭފްޓީ މިންގަނޑަށް ފެތޭތޯ ބެލުމަށްޓަކައި ރިސްކް ބޭސްޑް ސާމްޕަލިން ޓެސްޓުތައް އެ އެޖެންސީތަކާ ގުޅިގެން ގަވާއިދުން ކުރިއަށް ގެންދާކަމަށެވެ.
ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން މިދިޔަ އޭޕްރީލް މަހު ވަނީ ހުއްދަ ނޫން މިންވަރަށް އިންސާނުންނަށް ޙާއްސަކޮށް ކުޑަކުދިންނަށް ނުރައްކާ ވަރަށް ބޮޑުވެދާނެ މިންވަރަކަށް ވިހަ މާއްދާތައް އުފައްދާ ޑިޖިޓަލް ކުންފުނިތަކުގެ ލިސްޓުގައި ޝީން ހިމަނައިފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
