އެސްއޭޕީ އަރީބާ ނެޓްވޯކާ އެކު އެސްޓީއޯގެ ޕްރޮކިއުމަންޓަށް ބޮޑު ފަސޭހައެއް

އެސްއޭޕީ އަރީބާ ނެޓްވޯކާ އެކު އެސްޓީއޯގެ ޕްރޮކިއުމަންޓަށް ބޮޑު ފަސޭހައެއް
ލިޔުން:
އެކި ގައުމުތަކުގެ 5.3 މިލިޔަން ކުންފުނިން ވިޔަފާރީގެ މުއާމަލާތްތައް ކުރާ އެސްއޭޕީ އަރީބާ ނެޓްވޯކް ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ބޭނުންކުރަން ފަށައިފި އެވެ.
އަރީބާ ނެޓްވޯކް ބޭންކުރަން ފެށުން ފާހަގަކުރަން އެސްޓީއޯއިން ދަރުބާރުގޭގައި ބޭއްވި ހަފުލާއެއްގައި އެކުންފުނީގެ ޕްރޮކިއުމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު އަބްދުލްވާހިދު މޫސާ ވިދާޅުވީ އެ ނެޓްވޯކަކީ ފަސް ދުވަހުގެ ޕްރޮކިއުމަންޓު މަސައްކަތް ފަސް ގަޑިއިރަށް ބަދަލު ކޮށްދޭނެ ނެޓްވޯކެއް ކަމަށެވެ. އޭނާ ވިދާޅުވި ގޮތުގައި އެސްޓީއޯއިން އެކުންނީގެ ސަޕްލަަޔަރުންނާ ކުރަން ޖެހޭ ހުރީ މުއާމަލާތްތަކެއް މިހައިތަނަށް ކުރަމުން އައީ އީމެއިލް މެދުވެރިކޮށެވެ.
"އަޅުގަޑުމެން މިހާރު ސަޕްލަޔަރުންނާ މުއާމަލާތް ކުރަނީ އީމެއިލް މެދުވެރިކޮށް. ވަރަށް ގިނަ މިސްކޮމިއުނިކޭޝަނާއި، މަސައްކަތުގެ އެކި މަރުހަލާތަކުގައި މެއިލް ރައްދުނުވެ ދަތިތައް ކުރިމަތިވޭ. މި ނެޓުވޯކަކީ އެ ހުރިހާ ކަމެއްގެ ހައްލު." އޭނާ ވިދާޅުވި އެވެ.
އެސްޓީއޯއިން އެކުންފުނީގެ ސަޕްލަޔަރުންނާ އެކު މިދިޔަ އަހަރު އެކަނި ވެސް 15 ބިލިޔަން ރުފިޔާގެ ވިޔަފާރި ކުރި އެވެ.
އެސްޓީއޯގެ ވިޔަގާރީގެ މުއާމަލާތްތަކީ ދެފުށް ފެންނަ، މަސައްކަތް ހިނގަމުންދާ ގޮތް ދެފަރާތަށް ވެސް ފަސޭހައިން ބަލައިލެވޭ މަސައްކަތަކަށް ވުމަކީ އަރީބާ ނެޓްވޯކާ ގުޅުމުގެ ބޮޑު އެއް ފައިދާ އެވެ.
އެސްޓީއޯއަށް އަރީބާ ނެޓްވޯކްގެ ބޭނުންކުރުމުގެ އިންތިޒާމް ހަމަޖައްސައިދިން އެޗެސް ޕްރައިވެޓް ލިމިޓެޑުން ބުނި ގޮތުގައި އެނެޓްވޯކަކީ ޕްރޮކިއުމަންޓް ޕްރޮސެސް އަވަސްކޮށްދީ އިފެކްޓިވްކޮށްދޭނެ ޓޫލަކަށް ވާތީ އެ ނެޓްވޯކް ތައާރަފްކުރުމުން އެސްޓީއޯއަށް ފާހަގަކޮށްލެވޭ ވަރުގެ ކުރިއެރުމެއް ލިބޭނެކަމަށް އެކުންފުނިން އުއްމީދުކުރާ ކަމަށެވެ. އަދި އެ ނެޓްވޯކްގެ ބޭނުން ރަނގަޅަށް ކުރުމަށް ޓަކައި އެސްޓީއޯއަށް ދޭން ޖެހޭ ހުރިހާ އެހީތެރިކަމެއް ދެމުން ގެންދާނެ ކަމަށް ވެސް އެޗެސް އިން ބުންޏެވެ.
އެޗެސް އަކީ ދިވެހި ރާއްޖޭގައި އެސްއޭޕީގެ ހަމައެކަނި އޮތަރައިޒްޑް ގޯލްޑް ޕާރަޓްނަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
