އަދި ރޯދަމަހުގެ ރޭތައް އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހުގެ ރޭތަކުގައި ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބެހެއްޓޭނެ ގަޑި އަކީ އެދުވަހެއްގެ ހަވީރު 5:30 އިން މެންދަމު 3:00 އާ ދެމެދު ކަމަށް އިކޮނޮމިކް މިނިސްޓްރީިއިން ބުންޏެވެ. އެހެންވެ ރޯދަމަހު ދުވާލު (ހަވީރު 5:30 ގެ ކުރިން) ކެފޭ ރެސްޓޯރެންޓުތައް ހުޅުވާފައި ބެހެއްޓުމަކީ މަނާކަމެކެެވެ.
އަދި ޝައްވާލްމަހުގެ ފުރަތަމަ 7 ދުވަހު ކެއިން ބުއިމުގެ ހިދުމަތްދޭ ތަންތަން ހުޅުވާފައި ބަހައްޓަންވާނީ އެދުވަހެއްގެ ފަތިހު 4:30 އިން މެންދަމު 3:00 އާ ދެމެދުގައި ކަމަށެވެ.
ރާއްޖޭގެ މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ މުޑާވިއްކާ ތަންތަނާއި ކެއިންބުއިމުގެ ހިދުމަތްދޭ ތަންތަނުން އެގޮތަށް އަމަލުކުރުމަށް އެމިނިސްޓްރީއިން ވަނީ އަންގާފައެވެ.







