މާލެ: 31°C

ރަމަޟާންމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުބޮޑުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅާނަން: ސައީދު

February 27, 2024
2 ފަހަރު ބަލާފައި
ރަމަޟާންމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުބޮޑުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅާނަން: ސައީދު
ރަމަޟާންމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުބޮޑުވިޔަ ނުދިނުމަށް ފިޔަވަޅުތައް އަޅާނަން: ސައީދު
ކުރިއަށްއޮތް ރަމަޟާންމަހު ބާޒާރުގައި ކާބޯތަކެތީގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި ސަރުކާރުން ފިޔަވަޅުތައް އަޅާނޭކަމަށް ސަރުކާރުގެ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ. ރަމަޟާންމަހާ  ދިމާކޮށް ބާޒާރުގައި ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް މައްޗަށްދާއިރު، މިއީ ގިނަ އަދަދެއްގެ ރައްޔިތުންގެ ވަރަށްބޮޑު ކަންބޮޑުވުމެކެވެ. ރައީސުލްޖުމްހޫރިއްޔާ ށ.އަތޮޅަށް ކުރައްވަމުންގެންދަވާ ޒިޔާރަތުގައި މިއަދު މިލަންދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އިގްތިސާދީ ވަޒީރު ސައީދު ވިދާޅުވީ، އާއްމުކޮށް ބޭނުންކުރާ ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް ބޮޑުވިޔަ ނުދިނުމަށްޓަކައި އިކޮނޮމިކް މިނިސްޓްރީން މިހާރުވެސް އެސްޓީއޯ އާ ގުޅިގެން ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން ގެންދާކަމަށެވެ.
އެމަސައްކަތް އެސްޓީއޯއިން އެބަކުރޭ ސީދާ ރައީސްގެ އެންގެވުމަށް. އަޅުގަނޑުމެން މިދަނީ އެސްޓީއޯ އަދި ޓްރޭޑް މިނިސްޓްރީގެ ވަރކިން ކޮމިޓީއެއް ހަދައިގެން ރައީސް އޮފީހުގެވެސް ބެއްލެވުމުގެ ދަށުން އެކަން އެގޮތަށް ކުރަމުން
އިގްތިސާދީ ވަޒީރު މުހައްމަދު ސައީދު ވިދާޅުވިއެވެ. ރަމަޟާންމަހު ކާބޯތަކެތީގެ ބާވަތްތަކުގެ އަގުތައް މައްޗަށް ދިޔަނުދިނުމަށް ސަރުކާރުން ފިޔަވަޅުތައް އަޅާނޭކަމަށް ބުނެފައިވާއިރު، މާލޭ ބާޒާރުގައި މިހާރުވެސް ކާބޯތަކެތީގެ ބައެއް ބާވަތްތަކުގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. މިގޮތުން ބާޒާރުގައި ލުނބޯ ކިލޯއެއްގެ އަގު 90 ރުފިޔާއަށް އަރާފައިވާއިރު، ދިވެހިން އާއްމުކޮށް ބޭނުންކުރަމުން އަންނަ އިންޑިއާ ފިޔާ ކިލޯއެއްގެ އަގުވަނީ 25 ރުފިޔާއަށް އަރާފައެވެ. އަތޮޅުތެރޭގެ ބައެއް ރަށްރަށުގައި ފިޔާކިލޯއެއް މިހާރު ވިއްކަނީ 30 ރުފިޔާއިން މަތީގެ އަގުތަކެއްގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ