މާލެ: 31°C

ރަހުނު ބެހެއްޓުމެއް ނެތި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިހާރު 7 ލައްކަ ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ: ޝިޔާމް

February 17, 2024
3 ފަހަރު ބަލާފައި
ރަހުނު ބެހެއްޓުމެއް ނެތި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިހާރު 7 ލައްކަ ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ: ޝިޔާމް
ރަހުނު ބެހެއްޓުމެއް ނެތި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މިހާރު 7 ލައްކަ ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ: ޝިޔާމް
ރަހުނު ބެހެއްޓުމަކާ ނުލައި ފަރުމަސްވެރިކަން ކުރާ ފަރާތްތަކަށް 7 ލައްކަ ރުފިޔާ އާ ހަމަޔަށް ލޯނު ނެގޭނޭ ސްކީމެއް، މަސްވެރިކަމާއި ބެހޭ ވުޒާރާއިން ތައާރަފްކޮށްފިއެވެ. މަސްވެރިންގެ ދަފްތަރު އިފްތިތާހް ކުރެއްވުމަށް ށ. ކޮމަންޑޫގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވީ ފަރުމަހުގެ މަސްވެރިކަމަކީ ރާއްޖޭގައި ފުޅާދާއިރާއެއްގައި ކުރަމުން އަންނަ މަސައްކަތެއް ކަމަށާއި، މިއީ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް އެކަންކުރާ ފަރާތްތަކަށް ދޭންޖެހޭ މަސައްކަތެއް ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް ހާއްސަކޮށް ދޫކުރާ ލޯނު ސްކީމް 7 ލައްކަ ރުފިޔާއަށް އިތުރުކުރުމުން މި މަސަައްކަތް ފުޅާކުރުމަށް ވަރަށްބޮޑު ބާރަކަށް ވެގެންދާނޭކަމަށެވެ. މިގޮތުން އައިސްޕްލާންޓްތަކަށް އިންވެސްޓްކުރުމަށްވެސް ފުރުސަތު ލިބިގެންދާނޭކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ. "ޑިންގީއެއް ބަންނަންވިއަސް، މަސް ލޯންޗެއް ބަންނަން ވިއަސް، މަސްވެރިކަމުގައި ބޭނުންވާ އެހެން ވަސީލަތެއް ހޯދަންވިއަސް ނޫނީ މަސް ބާނައިގެން އެ ޕެކްކުރާ ފަރާތަކަށް ވީނަމަވެސް އެ ޕެކްކުރުމުގެ މަސައްކަތަށްވެސް މި ލޯނު ބޭނުންކުރެވޭނެ" މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ. [caption id="attachment_97871" align="alignnone" width="800"] މަސްވެރިންގެ ދަފްތަރު އިފްތިތާހުކުރުމަށް ބޭއްވި ޖަލްސާގެ ތެރެއިން...[/caption] ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް މީގެ ކުރިން މި ލޯނު ދޫކުރަމުން އައީ 5 ލައްކަ ރުފިޔާ އާ ހަމަޔަށެވެ. މި ރަސްމިއްޔާތުގައި މަސްވެރިކަމުގެ ދަފްތަރާ ބެހޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ޝިޔާމް ވަނީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުގެ މުހިއްމު ކަމާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. މިގޮތުން މަސްވެރިންނަށް ރަނގަޅުގޮތްތަކާއި ކުރިއެރުން ގެނެސްދެވޭނީ ދައުލަތް ދަންނަ ބަޔަކަށް ވުމުންކަން ފާހަގަކުރައްވަމުން މިނިސްޓަރު ޝިޔާމް ވިދާޅުވީ މަސްވެރިންގެ ދަފްތަރެއް އެކުލަވާލުމުން މަސްވެރިންނަށް އިންޝިއުރަންސް އާއި އެނޫންވެސް މާލީ މުއާމަލާތްތައް ހޯދުމަށް ވަރަށްބޮޑަށް ފަސޭހަވެގެން ދާނޭކަމަށެވެ. މީގެ އިތުރުން މަސްވެރިން ފާހަގަކުރެވެނީ މަސްކިރުވާފައި ބޮޑެތި އަދަދުތަކުން ލިބެންޖެހޭ ފައިސާ ލިބެންޖެހޭ ބައެއްގެ ގޮތުގައި ކަމަށާއި އެ ފައިސާ ނުލިބުމުން މަސްވެރިންގެ އާއިލާތަކަށް އެކި ގޮތްގޮތުން ގޮންޖެހުންތައް ކުރިމަތިވަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މިގޮތުން ދަފްތަރެއް އެކުލަވާލުމުން ގޭގެ ކަރަންޓްބިލަށް ފައިސާ ނުދެއްކުމުންނާއި، މަސްވެރިންގެ އާއިލާތަކުގެ ދަރިން ކޮލެޖް ތަންތަނަށް ދައްކަންޖެހޭ ފައިސާ ނުދެއްކުމުން ދެން އެ ކުރިމަތިވާ ކަންތައްތަކަށްވެސް ދަފްތަރުގެ ސަބަބުން ފަސޭހަތަކެއް ލިބިގެންދާނޭކަމަށް މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ