މާލެ: 31°C
ރައީސް، ދ،މ އަދި ވ އަތޮޅަށް ފުރާވަޑައިގެންފި

ރައީސް، ދ،މ އަދި ވ އަތޮޅަށް ފުރާވަޑައިގެންފި

March 5, 2024
3 ފަހަރު ބަލާފައި
ރައީސް، ދ،މ އަދި ވ އަތޮޅަށް ފުރާވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ދ، މ އަދި ވ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު ފުރާވަޑައިގަންނަވައިފިއެވެ. ރައީސްގެ މިދަތުރުފުޅުގައި ދ.އަތޮޅުގެ 2 ރަށާއި، މ.އަތޮޅުގެ 4 ރަށަށް އަދި ވ.އަތޮޅުގެ 2 ރަށަކަށް ވަޑައިގަންނަވާނެކަމަށް ރައީސް އޮފީހުން ބުންޏެވެ. ރައީސް އަތޮޅުތަކަށް ކުރައްވާ މި ދަތުރުފުޅުގައި ވަޑައިގަންނަވާ ރަށްރަށުގެ އިތުރުން، އަތޮޅުގެ މީހުން ދިރިއުޅޭ ހުރިހާ ރަށްތަކުގެ ކައުންސިލްތަކާ ބައްދަލުކުރައްވައެވެ. އެ ތިން އަތޮޅުގެ 8 ރަށަށް ރައީސް ކުރައްވާ މި ދަތުރުފުޅަކީ 3 ދުވަހުގެ ދަތުރުފުޅެކެވެ. އެމަނިކުފާނު އެންމެ ފުރަތަމަ ވަޑައިގަންނަވަނީ ދ.ކުޑަހުވަދުއަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ވަޒީރުން ހިމެނިވަޑައިގަންނަވާގޮތަށް ސަރުކާރުގެ އިސް ވަފުދެއް ބަައިވެރިވެވަޑައިގަންނަވައެވެ. އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިހާތަނަށް ވަނީ 11 އަތޮޅެއްގެ 50 އަށްވުރެ ގިނަ ރަށަކަށް ވަޑައިގަންނަވާފައެވެ. އަދި ލޯކަލް ކައުންސިލްތަކާއި އަތޮޅު ތަކައުންސިލްތައް އަދި ސިޓީ ކައުންސިލްތައް ހިމެނޭގޮތަށް އެމަނިކުފާނު ވަނީ 121 ކައުންސިލަކާއި ވަނީ ބައްދަލުކުރައްވާފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ