މާލެ: 31°C

ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށްބޮޑަށް އިތުރުވެއްޖެ

February 5, 2024
5 ފަހަރު ބަލާފައި
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށްބޮޑަށް އިތުރުވެއްޖެ
ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު ވަރަށްބޮޑަށް އިތުރުވެއްޖެ
ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު އިތުރުވާން ފަށައިފިއެވެ. ޓޫރިޒަމް މިނިސްޓްރީން މިއަދު ނެރެ އާއްމުކޮށްފައިވާ ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ތަފާސްހިސާބަށް ބަލާއިރު، ދުވާލެއްގެ މައްޗަށް ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު ވަނީ މީގެ ކުރިއާ އަޅާބަލާއިރު، ވަރަށްބޮޑަށް އިތުރުވާން ފަށާފައެވެ. މިފަހަރުގެ ޓޫރިޒަމް ފެށުނުފަހުން މިދިޔަ ދެމަހުގެ ތަފާސްހިސާބަށް ބަލާއިރު، މިހިނގާ ފެބުރުއަރީމަހުގެ 3 އަދި 4 ވަނަ ދުވަހު ރާއްޖެއަށް ކޮންމެ ދުވަހަކު 8 ހާހަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މީގެ ކުރިން އާއްމު ގޮތެއްގައި ދުވާލެއްގެ މައްޗަށް ރާއްޖެއަށް ޒިޔާރަތްކުރަނީ 5،147 ފަތުރުވެރިންނެވެ. ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތައް ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް މިހާރު ފަތުރުވެރިން ޒިޔާރަތްކުރަނީ ޗައިނާއިންނެވެ. މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 25،303 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، މިއީ ކޮވިޑަށްފަހު ޗައިނާ މާކެޓުން މިހާ ގިނަ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރަން ފެށި ފުރަތަމަ ފަހަރެވެ. ދެވަނައަށް އެންމެ ގިނައިން ރާއްޖެއަށް ޒިޔާރަތްކުރަނީ ރަޝިއާގެ ފަތުރުވެރިންނެވެ. މިއަހަރުގެ މިހާތަނަށް ރަޝިއާއިން 22,577 ފަތުރުވެރިން ޒިޔާރަތްކޮށްފައިވާއިރު، 22,436 ފަތުރުވެރިންނާއެކު ތިން ވަނައަށް އެންމެ ގިނައިްނ ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ އިޓަލީވިލާތުގެ ފަތުރުވެރިންނެވެ. މީގެ ކުރިން އެއްވަނަ މާކެޓުގެ ގޮތުގައި ފާހަގަކުރެވުނު އިންޑިއާ މިހާރު އޮތީ މި ލިސްޓްގެ 5 ވަނައިގައެވެ. ރާއްޖެއަށް ޒިޔާރަތްކުރަމުން އައި އިންޑިއާގެ ފަތުރުވެރިންގެ އަދަދު ދަށަށްދާން ފަށާފައިވާއިރު، ރާއްޖެއާ އިންޑިއާ އާ ދެގައުމުގެ ގުޅުން މިއިން ޒަމާނަކު ގޯސް ނުވާވަރަށް ވަނީ ގޯސްވެފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ