މާލެ: 31°C

ރާއްޖެއަށް ދަތުރުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި

March 5, 2025
424 ފަހަރު ބަލާފައި
ރާއްޖެއަށް ދަތުރުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި
ސްވިޓްޒަލޭންޑްގެ އެޑްލްވެއިސް އެއާގެ ދަތުރުތައް ދިވެހިރާއްޖެއަށް އިތުރުކުރުމާ ގުޅޭގޮތުން މިހާރު ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއާގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

ސްވިޓްޒަލޭންޑްގެ އެޑްލްވެއިސް އެއާގެ ދަތުރުތައް ދިވެހިރާއްޖެއަށް އިތުރުކުރުމާ ގުޅޭގޮތުން މިހާރު ބާލިންގައި ކުރިއަށްދާ އައިޓީބީ ފެއާގައި މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި މަޝްވަރާތަކުގައި އެއާލައިންގެ ދަތުރުތައް ރާއްޖެއަށް އިތުރުކުރުމުގެ އިތުރުން، ޚާއްސަކޮށް ލޯ ސީޒަންގައި ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުކުރުމަށްޓަކައި އެއާލައިންގެ ދަތުރުތައް އިންތިޒާމުކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ވަނީ މަޝްވަރާކޮށްފައެވެ.

މިއަހަރުގެ މާރިޗު 4 ވަނަ ދުވަހު ފެށުނު އައިޓީބީ ބާލިން ފެއާގައި ދިވެހިރާއްޖެ ތަމްސީލުކުރަނީ ޓޫރިޒަމް ސިނާއަތުގެ 89 ކުންފުންޏެއް ހިމެނޭ 200 މަންދޫބުންގެ ވަފުދަކުންނެވެ. މި ފެއާ ކުރިއަށްދާނީ މާރިޗު 6 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި މައުރަޒުގައި ވާހަކަފުޅު ދައްކަވަމުން ޓޫރިޒަމް މިނިސްޓަރ ޠާރިޤު އިބްރާހިމް ވިދާޅުވި ގޮތުގައި، ”މި މައުރަޒުގައި ދިވެހިރާއްޖެއިން އަލިއަޅުވާލާފައި ވަނީ، ޤުދުރަތީ ރީތިކަމާއި، ސަގާފަތާއި، މެހެމާންދާރީގެ އިތުރުން ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކުގެ މައްޗަށް ކަމަށެވެ.

އައިޓީބީ ބާލިން ފެއާއަކީ ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާގެ އިސް ފަރާތްތަކާ ގުޅުން ބަދަހިކޮށް، ދެމެހެއްޓެނިވި ފަތުރުވެރިކަމާ ބެހޭ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ލިބޭ މުހިންމު ފުރުސަތެއް ކަމަށް ފާހަގަކުރެވެއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ