ޤައުމީ ބޭންކަށް މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ

ޤައުމީ ބޭންކަށް މިދިޔަ އަހަރު 1.9 ބިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެ
ލިޔުން:
ރާއްޖޭގެ ޤައުމީ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއަށް މިދިޔަ އަހަރު ސާފްފައިދާގެ ގޮތުގައި 1.9 ބިލިއަން ރުފިޔާ ލިބިއްޖެއެވެ.
ބީއެމްއެލްއިން ނެރެފައިވާ މިދިޔަ އަހަރުގެ އެންމެ ފަހު ކުއާޓަރުގެ މާލީބަޔާނަށް ބަލާއިރު، މިދިޔަ އަހަރުގެ އެ ބޭންކަށް ޖުމްލަ އާމްދަނީގެ ގޮތުގައި 4.4 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. އެގޮތުން އިންޓަރެސްޓް އާ އެފަދަ އެހެން އާމްދަނީގެ ގޮތުގައި 2.6 ބިލިއަން ރުފިޔާ ލިބިނު އިރު ފީ އާއި ކޮމިޝަނުގެ ގޮތުގައި ވަނީ 1.5 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައެވެ.
މިދިޔަ އަހަރު ބޭންކު ހިންގައިގެން ފައިދާގެ ގޮތުގައި 3.3 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ޕްރޮވިޝަން ހެދުމަށްފަހު ބޭންކުގެ ފައިދާ އުޅެނީ 2.6 ބިލިއަން ރުފިޔާގައެވެ. މިދިޔަ އަހަރު ބީއެމްއެލްގެ އިންކަމްޓެކްސް ހަރަދުގެ ގޮތުގައި 702.1 މިލިއަން ރުފިޔާ ވަނީ ދައުލަތުގެ ޓެކްސް އިދާރާއަށް ދައްކާފައެވެ.
ބީއެމްއެލްގެ ބެލެންޝީޓަށް ބަލާއިރު، މިދިޔަ އަހަރު ނިމުނުއިރު ލޯނުގެ ގޮތުގައި 18.9 ބިލިއަން ރުފިޔާ ދޫކޮށްފައިވާއިރު، ބޭންކްގެ ޑިޕޮސިޓް އަދަދު އުޅެނީ 30 ބިލިއަން ރުފިޔާއަށްވުރެ މަތީގައެވެ.
ހިއްސަގެ ބާޒާރުގައި މިދިޔަ އަހަރު ބީއެމްއެލްގެ ހިއްސާއެއް އެންމެ ބޮޑު އަގުގައި ވިކިފައިވަނީ 800 ރުފިޔާއަށެވެ. އެންމެ ދަށް އަގެއްގެ ގޮތުގައި 770 ރުފިޔާއަށް ހިއްސާ ވިކުނުއިރު، 1763 ހިއްސާ ވަނީ ވިއްކާފައެވެ.
ބީއެމްއެލްއަށް ނިމިގެންދިޔަ ހަތަރުވަނަ ކުއާޓަރުގައި ފައިދާގެ ގޮތުގައި 361 މިލިއަން ރުފިޔާ ލިބުނުއިރު، ތިންވަނަ ކުއާޓަރުގައި 481 މިލިއަން ރުފިޔާ ލިބުނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
