މިދިޔަ އަހަރު ނިމުނުއިރު ޕެންޝަން ފަންޑްގެ ޖުމްލަ ރައުސުލްމާލު ވަނީ 22 ބިލިއަން ރުފިޔާ ފަހަނަ އަޅައި ގޮސްފައި. 2022 ވަނަ އަހަރާ އަޅާބަލާއިރު، ފަންޑަށް ލިބުނު އާމްދަނީ ވަނީ 12.18 އިންސައްތަ އިތުރުވެފައިޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަން ޑރ.އަހުމަދު އިނާޒް ވިދާޅުވިއެވެ. ޕެންޝަން ފަންޑްގެ މިދިޔަ އަހަރުގެ އުސްއަލިތައް: ފަންޑުގެ ބައިވެރިން ކުރި ޖަމާ:1.6 ބިލިއަން ރުފިޔާ މަރުކަޒީ ބޭންކުގެ ރިކޮގްނިޝަން ބޮންޑުގައި ކުރި އިންވެސްޓްމަންޓުން: 193 މިލިއަން ރުފިޔާ ސަރުކާޜުގެ ޓްރެޒަރީ ބޮންޑުން: 200 މިލިއަން ރުފިޔާ ފިކްސްޑް ޑިޕޮސިޓް: 473 މިލިއަން ރުފިޔާ ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑް 22.1 ބިލިއަން ރުފިޔާއަށް އަރާފައިވާއިރު، ދާދިފަހަކުން ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވަނީ، ޕެންޝަން ފަންޑުގެ ފައިދާ، އެންމެ ރަނގަޅު ގޮތުގައި އޭގެ ބައިވެރިންނަށް ދޭން ބޭނުންވާކަމަށް ވިދާޅުވެފައެވެ. ރައީސް ވިދާޅުވީ، ޕެންޝަނާ ބެހޭ ގާނޫނު މިހާރު އޮތްގޮތުން އެކަން ކުރެވެން ނެތްކަމަށާއި، އެކަން ކުރެވެން އޮތީ ރިޓަޔަމަންޓް ޕެންޝަނާ ބެހޭ ގާނޫނަށް ބަދަލު ގެނެސްގެން ކަމަށެވެ. https://minivan.mv/99348/ ނިމިގެންދިޔަ ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ސަރުކާރަށް ސުޕަ މެޖޯރިޓީ ލިބިފައިވާއިރު، ސަރުކާރުން ބުނެފައިވަނީ މެނިފެސްޓޯ ތަންފީޒުކުރުމަށް ވަރަށް ގިނަ ޤާނޫނުތަކަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.
ޕެންޝަން ފަންޑް 22.1 ބިލިއަން ރުފިޔާއަށް އަރައިފި

ޕެންޝަން ފަންޑް 22.1 ބިލިއަން ރުފިޔާއަށް އަރައިފި
ލިޔުން:
މޯލްޑިވްސް ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑް 22.1 ބިލިއަން ރުފިޔާއަށް އަރައިފިއެވެ.
ޕެންޝަން އޮފީހުން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައިވާ މާލީބަޔާނަށް ބަލާއިރު، ރިޓަޔަމަންޓް ޕެންޝަން ސްކީމް ފަންޑް ވުޖޫދަށް އައިފަހުން މިވީ ސާދަ އަހަރުދުވަހުގެ ތެރޭގައި ބައިވެރިންގެ ފަރާތުން ވަނީ އެ ފަންޑަށް 14.1 ބިލިއަން ރުފިޔާ ޖަމާކޮށްފައެވެ.
ރިޓަޔަމަންޓް ޕެންޝަން ފަންޑަށް އެންމެ ގިނައިން ފައިސާ ޖަމާކޮށްފައިވަނީ ޕްރައިވެޓް ސެކްޓަރުންނެވެ. މި ފަންޑަށް ޕްރައިވެޓް ސެކްޓަރުން 8.1 ބިލިއަން ރުފިޔާ ލިބިފައިވާއިރު، ސަރުކާރުގައި ވަޒީފާއަދާކުރާ މެމްބަރުންނާއި އޮފީސްތަކުން ފަންޑަށް ކުރި ޖަމާގެ އަދަދު އުޅެނީ 6 ބިލިއަން ރުފިޔާގައެވެ. ޕެންޝަން އޮފީހުގެ މާލީބަޔާނަށް ބަލާއިރު، ޕެންޝަން ފަންޑުން ކުރި އިންވެސްޓްމަންޓްތަކުންނާއި އެހެނިހެން ގޮތްގޮތުން އެ ފަންޑަށް ވަނީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައެވެ.
ޕެންޝަން އޮފީހުން ނެރެފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓްގައި ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއާމަން ޑރ.އަހުމަދު އިނާޒް ވިދާޅުވީ، މިދިޔަ 12 މަސްދުވަހަކީ ފަންޑަށް ކުރިއެރުން ލިބުނު އަހަރެއްކަމަށައި، އެންމެ ބޮޑު އަމާޒަކީ ދުރުމުސްތަގްބަލަށް ބަލައި ފަންޑްގެ ބައިވެރިންގެ މަންފާ އިތުރުކުރުން ކަމަށެވެ.
މިދިޔަ އަހަރު ޕެންޝަން ފަންޑަށް ޖަމާވި ފައިސާގެ އަދަދު 11.26 އިންސައްތަ އިތުރުވެފައިވާކަން ފާހަގަކުރައްވަމުން އިނާޒް ވިދާޅުވީ، މިދިޔަ އަހަރު ނިމުނުއިރު، ފަންޑަށް 124،955 މެމްބަރުން ފައިސާ ޖަމާކުރަމުން ގެންދިޔަކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި

"އިންވެސްޓްމަންޓްސް ބައި ބީއެމްއެލް" ޕޯޓަލް މެދުވެރިކޮށް ޑޮލަރު އިންވެސްޓްކުރުމުން 25 އިންސައްތަ އާއި ހަމައަށް ފައިދާ ލިބޭނެ: ސީއީއޯ ޝަރީފް

ރާއްޖޭގެ އިގްތިސާދު މޭނޭޖުކުރި ގޮތާމެދު ވޯލްޑް ބޭންކުގެ ތައުރީފް!
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
