
ނުބައިކޮށް 3 ފަހަރު ޕިން ނުވަތަ ޕާސްވޯޑް ޖެހުމުން ބީއެމްއެލް އެޕް ގެ ހިދުމަތް ކެނޑޭގޮތަށް ހަދައިފި
ނުބައިކޮށް 3 ފަހަރު ޕިން ނުވަތަ ޕާސްވޯޑް ޖެހުމުން ބީއެމްއެލް އެޕް ގެ ހިދުމަތް ކެނޑޭގޮތަށް ހަދައިފި
ލިޔުން:
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ އިންޓަނެޓް ބޭންކިން އަދި މޯބައިލް އެޕްލިކޭޝަނަށް ލޮގިން ވާން ތިން ފަހަރު މަސައްކަތްކޮށް ފެއިލް ވެއްޖެ ނަމަ އެ ދެޚިދުމަތް މެދުކެނޑޭ ގޮތަށް ހަދައިފި އެވެ.
ބއެމްއެލް އިން އާއްމުކުރި މައުލޫމާތެއްގައިވާ ގޮތުން، އިންޓަނެޓް ބޭންކިންއާއި މޯބައިލް އެޕްލިކޭޝަނަށް ލޮގިން ވާން މަަސައްކަތްކޮށް ނާކާމިޔާބުވާ ( ނުބައިކޮށް ޕިން ނުވަތަ ޕާސްވޯޑް ޖަހާ ކޮންމެ ފަހަރަކު) އެ ކަސްޓަމަރަކަށް އެކަމުގެ ނޮޓިފިކޭޝަނެއް ލިބޭނެ އެވެ. އަދި އެގޮތަށް ޖެހިޖެހިގެން ތިން ފަހަރު މަސައްކަތްކޮށް ނާކާމިޔާބުވެއްޖެ ނަމަ އެޕްލިކޭޝަން ނުވަތަ އިންޓަނެޓް ބޭންކިންގެ ހިދުމަތް ކެނޑޭނެ އެވެ.
ބީއެމްއެލް އިން ބުނި ގޮތުގައި އެގޮތަށް ހިދުމަތް މެދު ކެނޑޭ އިރު އެ ކަސްޓަމަރަކަށް އެކަމާ ގުޅޭ މެއިލް އެއް ވެސް ލިބޭނެ އެވެ. އެ ބޭންކުން އެދެެނީ ނުބައިކޮށް ޕާސްވޯޑް ޖަހައިގެން އިންޓަނެޓް ބޭންކިން އަށް ނުވަތަ އެޕްލިކޭޝަނަށް ލޮގިން ވާން މަސައްކަތް ކުރި ކަމުގެ ނޮޓިފިކޭޝަނެއް ލިބޭ ހިސާބުން ކަސްޓަމަރުން ޕާސްވޯޑް ބަދަލުކުރާށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އެމްއެމްއޭއަށް އެއްވެސްވަރަކަށް ޑޮލަރު މާރުނުކުރާ ރިސޯޓުތަކުގެ މައުލޫމާތު އާންމުކޮށްފި

ޑޮލަރު އަގުބޮޑުވާހަކަ ދިވެހިން ދައްކާނެ، އެކަމެއް ނުހުއްޓުވޭނެ، މީ ނޯތު ކޮރެއާއެއް ނޫން: ފައްޔާޒު

ގުރުއަތުން ހޮވޭ 10 ފަރާތުގެ ތެރެއިން ކޮންމެ ފަރާތަކަށް 1 ލައްކަ ރުފިޔާ ލިބޭ ޕްރޮމޯޝަނެއް ބީއެމްއެލް އިން ފަށައިފި

އިންޑިއާ ރައްޖެ އެފްޓީއޭ ޓެކްނިކަލް ބެރިއާރ އާއިގުޅޭގޮތުން ސްޓޭކް ހޯލްޑަރުންނާ މަޝްވަރާކޮށްފި

ޑޮލަރުގެ އަގު އުފުލުނީވެސް ތިރި ނުވަނީވެސް އެމްޑީޕީއާ ހެދި: އިކޮނޮމިކް މިނިސްޓަރ

ދިރާގުގެ ސީއީއޯ އިސްމާއިލް އިސްތިއުފާ ދެއްވާތީ އައު ސީއީއޯ އަކަށް ދެކުނުއެފްރިކާގެ ވަލްޑެމާ ޕެރަޑާޒް ހަމަޖައްސައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
