މާލެ: 31°C

އެޕުން ފެންބިލް ދައްކައިގެން އުމުރާއަށް ދިއުމުގެ ފުރުސަތު

March 13, 2025
423 ފަހަރު ބަލާފައި
އެޕުން ފެންބިލް ދައްކައިގެން އުމުރާއަށް ދިއުމުގެ ފުރުސަތު
އެމްޑަބްލިއެސްސީ އެޕް ބެނޫންކޮށްގެން އައުޓްސްޓޭންޑިން ކްލިއަރ ކޮށްގެން އުމުރާ އަށް ދިއުމުގެ 3 ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އެމްޑަބްލިއެސްސީ އެޕް ބެނޫންކޮށްގެން އައުޓްސްޓޭންޑިން ކްލިއަރ ކޮށްގެން އުމުރާ އަށް ދިއުމުގެ 3 ފުރުސަތު އެކުންފުނިން ހުޅުވާލައިފިއެވެ.

އެކުންފުނިން ހުޅުވާ ލާފައިވާ ފުރުސަތުގެ ދަށުން އެޕް މެދުވެރިކޮށް ފެންބިލު ދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުން ހޮވޭ 3 ފަރާތަކަށް އުމުރާ ދަތުރު ދިނުމަށް ވަނީ ހަމަޖައްސާފައެވެ.

އެގޮތުން އެޕް މެދުވެރިކޮށް ފެންބިލުދައްކާ ފަރާތްތަކުގެ ތެރެއިން ގުރުއަތުގައި ބައިވެރި ކުރުމަށް ހަމަޖެހިފައިވަނީ ދިވެހިންނާއި ޑޮމެސްޓިކް ކަސްޓަމަރުންގެ ތެރެއިން ޕްރޮމޯޝަންގެ މުއްދަތުގައި އެއްވެސް އައުޓް ސްޓޭންޑިންގ އެއް ނެތް ފަރާތްތައް ކަމަށެވެ.

އެމްޑަބްލިއުއެސްސީން ބުނީ ގްރުއަތުން ހޮވޭ ފަރާތުގެ އުމުރާ ދަތުރު އެހެން ފަރާތަކަށް ބަދަލުކުރުމުގެ ފުރުސަތު ލިބިލައްވާނެ ކަމަށާއި، ނަމަވެސް އުމުރުރާ ދަތުރުގެ ބަދަލުގައި ފައިސާ ނުނެންގެވޭނެ ކަމަށެވެ. އަދި އުމުރާ އަށް ދިއުމށްޓަކައި ވިސާއާއި އެހެނިހެން ކަންކަން ހަމަޖައްސަންޖެހޭނީ ހޮވޭ ފަރާތުން ކަމަށްވެސް ބުނެފައިވެއެވެ.

 

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ