މާލެ: 31°C

މިފްކޯއިން ލޮނުމެދު މަސްދަޅާއި ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި

December 12, 2022
2 ފަހަރު ބަލާފައި
މިފްކޯއިން ލޮނުމެދު މަސްދަޅާއި ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި
މިފްކޯއިން ލޮނުމެދު މަސްދަޅާއި ވަޅޯމަސް މަސްދަޅު ބާޒާރަށް ނެރެފި
މިފްކޯއިން އަލަށް ތައާރަފްކުރި ދެބާވަތެއްގެ މަސްދަޅު ބާޒާރަށް ނެެރެފި އެވެ. އެކުންފުނިން މިފަހަރު ބާޒާރަށް ނެރުނީ ޒައިތޫނި ތެލާ އެކު ބަންދުކޮށްފައިވާ "ވަޅޯމަސްދަޅު އަދި ތެލާއި ލޮނުމެދު އަޅައިގެން ބަންދުކޮޮށްފައިވާ "ލޮނުމެދު މަސްދަޅެވެ. މިފްކޯއިން އެ ދެބާވަތް ރަސްމީކޮށް ތައާރަފްކުރީ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތެއްގެ ގޮތުގައި ގދ. ފަރެސްމާތޮޑާގައި ބޭއްވި "މަސްވެރިކަމުގެ އެކްސްޕޯ 2022" ގަ އެވެ. އެ ދެބާވަތް ތައާރަފްކޮށްދެއްވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހެވެ. މިފްކޯއިން ބުނިގޮތުގައި އަލަށް ތައާރަފްކުރި ދެބާވަތަކީ ހަލާކުނުވެ ގިނަ ދުވަހު ހުންނަ ގޮތަށް އަދި ވަގުތުން ބޭނުން ކޮށްލެވޭ ގޮތަށް ތައްޔާރު ކޮށްފައިވާ ދެބާވަތެވެ.  އަލަށް ތައާރަފްކުރި ދެބާވަތުގެ ތެރެއިން ވަޅޯ މަސްދަޅަކީ މިފްކޯގެ އުފެއްދުންތަކުގެ ތެރެއިން "ސިްއްހަތަށް ފައިދާހުރި ބާވަތްތަކުގެ ކެޓަގަރީ" ގައި ހިމެނޭ ބާވަތެކެވެ. އެ މަސްދަޅަށް އަޅަނީ ތެލުގެ ތެރެއިން ސިއްހަތަށް އެންމެ ފައިދާހުރި އެއް ބާވަތް ކަމަށްވާ ޒައިތޫނި ތެލެވެ.   ފަރެސްމާތޮޑާގައި މަސްވެރިންގެ ދުވަސް ފާހަގަ ކުރުމުގެ ގޮތުން ބޭއްވި މަސްވެރިންގެ އެކްސްޕޯގައި މިފްކޯއިން ވަނީ އާންމުންނަށް މިދެމަސްދަޅުގެ ރަހަބަލާލުމުގެ ފުރުސަތު ދީފައެވެ. މިފްކޯއިން ބުނިގޮތުގައި މިހާރު އުފައްދާ ހުރިހާ މަސްދަޅެއްގެ ތެރެއިން އާންމުންގެ އެންމެ ބޮޑު ތަރުހީބެއް ލިބިފައިވަނީ ލޮނުމެދު މަސްދަޅަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ