މާލެ: 31°C

މަސްވެރިންނަށް އުފާވެރި ހަބަރެއް: މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމުން ތެޔޮ ވިއްކަން ފަށައިފި

January 3, 2023
2 ފަހަރު ބަލާފައި
މަސްވެރިންނަށް އުފާވެރި ހަބަރެއް: މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމުން ތެޔޮ ވިއްކަން ފަށައިފި
މަސްވެރިންނަށް އުފާވެރި ހަބަރެއް: މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމުން ތެޔޮ ވިއްކަން ފަށައިފި

މިފްކޯގެ ސައިޓްތަކުގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް ދިނުމަށް ފިއުލް ސަޕްލައި މޯލްޑިވްސްއާއެކު އެއްބަސްވުމެއްގައި ސޮއިކޮށް އެ ޚިދުމަތްދޭން ފަށައިފިއެވެ.

މިއަދު އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސޮއި ކުރެއްވީ ސީއީއޯ އިސްމާއީލް ފައުޒީ އެވެ. އެފްއެސްއެމްގެ ފަރާތުން ސޮއި ކުރެއްވީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް އެވެ.

މިއަދުން ފެށިގެން މިފްކޯގެ ގއ. ކޫއްޑޫ އާއި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްގައި މަސްވެރިންނަށް ތެޔޮ ވިއްކުމުގެ ހިދުމަތް އެފްއެސްއެމް އިން ދޭން ވަނީ ފަށާފަ އެވެ. އަދި ފެލިވަރު ފިޝަރީޒް ކޮމްޕްލެކްސްގައި އަންނަ ފެބްރުއަރީ މަހުގެ ތިން ވަނަ ދުވަހުން ފެށިގެން ތެލުގެ ހިދުމަތް އެފްއެސްއެމް އިން ދޭން ފަށަން ނިންމާފައި ވެއެވެ.
https://twitter.com/mifcomv/status/1610272511396302848 މި އެއްބަސްވުމުގެ ދަށުން ކްރެޑިޓަށް މަސްވެރިންނަށް ތެޔޮ ލިބިގެންދާނެއެވެ. މިފްކޯއާއި އެފްއެސްއެމް އަކީ އެސްޓީއޯގެ ދަށުން ހިނގަމުންއަންނަ ވަކި ދެ ކުންފުންޏެކެވެ. މިފްކޯގެ ސައިޓްތަކުގައި އެފްއެސްއެމްއިން ތެޔޮ ވިއްކަން ފެށުމުން މަސްވެރިންނަށް ބޮޑު ފަސޭހައެއް ލިބިގެންދާނެއެވެ. ސަބަބަކީ ހެޔޮއަގުގައި ފަސޭހަ ކަމާއެކު ތެޔޮ އެޅުމުގެ ފުރުޞަތު މަސްވެރިންނަށް ފަހުވުމެވެ.        

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ