މާލެ: 31°C
މިފްކޯގެ ސީއީއޯ މަޤާމުން ވަކިކޮށްފި

މިފްކޯގެ ސީއީއޯ މަޤާމުން ވަކިކޮށްފި

4 މާރިޗު 2025
670 ފަހަރު ބަލާފައި
ޑރ. ވިޓާލީ ލިއުބިމޯވް މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ވަކިކޮށްފި އެވެ.

ޑރ. ވިޓާލީ ލިއުބިމޯވް މިފްކޯގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރުކަމުގެ މަގާމުން ވަކިކޮށްފި އެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑް (ޕީސީބީ) އިން އެކްސް ގައި ކޮށްފައިވާ ޕޯސްޓުގައި ބުނެފައިވަނީ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޯވް އެ މަޤާމުން ވަކިކޮށްފައިވާ ކަމަށެވެ، ނަމަވެސް އެ މަގަޤާމުން އެނާ ވަކިކުރި ވަކި ސަބަބެއް ބުނެފައެއް ނުވެއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޯވް މިއަދު އެ މަޤާމުން ވަކިކޮށްފައިވާ ކަން އެންމެހާ ފަރާތްތަކުގެ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ"

ޔުކްރޭނުގެ ރައްޔިތެއް ކަމަށްވާ މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރ އަދި ޗީފް އެގްޒެކްޓިވް އޮފިސަރ ކަމުގެ މަޤާމުގައި ހުންނެވި ޑޮކްޓަރ ވިޓާލީ ލިއުބިމޯވް ހަމަޖެއްސީ މިދިޔަ އަހަރުގެ ފަހުކޮޅު އެވެ. ޑރ. ވިޓާލީ އެ މަޤާމަށް އައްޔަނުކޮށްފައިވަނީ ކުރިން މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވީ ސަމާހު ރަޝީދު މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައި މަގާމުން ވަކިކުރުމަށްފަހުގައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ