މާލެ: 31°C

މިދިޔަ އަހަރު މީރާއަށް ބަލައިގަތް އާމްދަނީ، 24.7 ބިލިއަން ރުފިޔާގައި

January 11, 2024
3 ފަހަރު ބަލާފައި
މިދިޔަ އަހަރު މީރާއަށް ބަލައިގަތް އާމްދަނީ، 24.7 ބިލިއަން ރުފިޔާގައި
މިދިޔަ އަހަރު މީރާއަށް ބަލައިގަތް އާމްދަނީ، 24.7 ބިލިއަން ރުފިޔާގައި
މިދިޔަ އަހަރު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޓެކްސް އާއި ފީގެ ގޮތުގައި ޖުމްލަ 24.7 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. މީރާއިން ނެރެ އާއްމުކޮށްފައިވާ ދައުލަތަށް މިދިޔަ އަހަރު ލިބުނު އާމްދަނީގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިދިޔަ އަހަރު 24.7 ބިލިއަން ރުފިޔާ އެ އޮތޯރިޓީއަށް ބަލައިގަނެފައިވާއިރު، މިއީ 2022 ވަނަ އަހަރާ އަޅާބަލާއިރު، 2.6 ބިލިއަން ރުފިޔާގެ އިތުރުވުމެކެވެ. މީރާއަށް މިދިޔަ އަހަރުގެ ކުރީ އަހަރު ބަލައިގަތް އާމްދަނީގެ އަދަދަކީ، 22.1 ބިލިއަން ރުފިޔާއެވެ. ތަފާސްހިސާބުތަކަށް ބަލާއިރު، ހުސްވި ޑިސެމްބަރުމަހުއެކަނިވެސް ދައުލަތުގެ ޓެކްސް އިދާރާއަށް 2.21 ބިލިއަން ރުފިޔާ ވަނީ ބަލައިގަނެފައެވެ. ހުސްވިމަހުވެސް އެންމެގިނައިން އާމްދަނީ ލިބިފައިވަނީ، ޖީއެސްޓީންނެވެ. ޑިސެމްބަރުމަހު ޖީއެސްޓީގެ ގޮތުގައި ޖުމްލަ 1.2 ބިލިއަން ރުފިޔާ ވަނީ ލިބިފައެވެ. މިއީ 2022 ވަނަ އަހަރުގެ ޑިސެމްބަރުމަހާ އަޅާބަލާއިރު، 54 އިންސައްތަ އިތުރު އަދަދެކެވެ. އެއަހަރުގެ ޑިސެމްބަރުމަހު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 882.8 މިލިއަން ރުފިޔާ އެވެ. ޑިސެމްބަރުމަހު އެންމެ ގިނައިން ޖީއެސްޓީ ލިބިފައިވަނީ ޓޫރިޒަމް ދާއިރާ އިންނެވެ. އެއީ 824.4 މިލިއަން ރުފިޔާ ނުވަތަ 53.7 މިލިއަން ޑޮލަރެވެ. ޑިސެމްބަރުމަހު އާއްމު ޖީއެސްޓީގެ ގޮތުގައި ލިބިފައިވަނީ 389 މިލިއަން ރުފިޔާއެވެ. ޖީއެސްޓީގެ އިތުރުން ޑިސެމްބަރުމަހު ދައުލަތަށް އެންމެ ގިނައިން އާމްދަނީ ލިބުނު ދާއިރާތައް:
  • ޓޫރިޒަމް ލޭންޑް ރެންޓް:377.5 މިލިއަން ރުފިޔާ
  • އިންކަމް ޓެކްސް: 113 މިލިއަން ރުފިޔާ
  • އެކްސްޕެޓްރިއޭޓް ކޯޓާ ފީ:105.9 މިލިއަން ރުފިޔާ
  • އެއާޕޯޓް ޑިވެލޮޕްމަންޓް ފީ:89.2 މިލިއަން ރުފިޔާ
މިދިޔަ އަހަރު ދައުލަތުގެ ޓެކްސް އިދާރާ، މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީއަށް ޓެކްސް އާއި ފީގެ ގޮތުގައި ޖުމްލަ 24.7 ބިލިއަން ރުފިޔާ ބަލައި ގަނެފައިވާއިރު، އެއަހަރުގެ ބަޖެޓްގައި އާމްދަނީގެ ގޮތުގައި ލިބޭނޭކަމަށް ލަފާކޮށްފައިވަނީ، ޖުމްލަ 31.9 ބިލިއަން ރުފިޔާއެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ